8 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 58 އަހަރުގެ ފިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައި ވާކަމަށް ފުލުހުން ބުނެފިއެެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި ވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށާ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގާ ބަލާނެ ކަންކަން ކަމަށެވެ. އަދި މިފަދަ މައްސަލަ ތަކުގައި އަނިޔާ ލިބޭ ފަރާތުގެ ނަން ހާމަ ކުރެވެން ނެތުމުގެ ސަބަބުން މިފަދަ އަނިޔާ ލިބޭ ކުދިންގެ އަތޮޅާ ރަށް ހާމަ ކުރެވެން ނޯންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ އުމުރުން 9 އަހަރުގެ ކުއްޖަކަށް އޭނާގެ ދެ ބޭބެ އާއި އޭނާގެ މަންމަގެ ލޯބިވެރިއާ ޖިންސީ ގޯނާ ކޮށްފައެވެ. އަދި މިކަމާ ގުޅިގެން އޭނާގެ މަންމަގެ ލޯބިވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.