އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ބަންދުކުރި މަގުތަށް ކުރިއެކޭވެސް އެއްފަދައިން ހުޅުވާލައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތާ ގުޅޭގޮތުން ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިން ވަނީ މާދަމައާ ހަމަޔަށް މަގުތައް ބަންދު ކުރާނެ ކަަމަށް ފުލލުހުން އާންމުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ބުނީ މިހާރު ކުރިއެކޭ އެއްފަދައިން ހުރިހާ މަގެއްވެސް ހުޅުވާފައި ވާނޭ ކަމަށެވެ.
މޯދީގެ ދަތުރުފުޅާ ގުޅިގެން މާލޭގެ އިތުރުން ހުޅުމާލެއިން ވެސް ބޮޑު ސަރަހައްދެއް ވަނީ އެއްގަމު ދުއްވާ އުޅަނދު ތައް ނުދުއްވޭނެ ގޮތަށާއި މަގުތަކުގައި ޕާކު ނުކުރެވޭނެ ގޮތަށް ބަންދުކޮށްފައެވެ.
މޯދީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހި މާދަމާ ބައްލަވައިލައްވަނެ ކަމަށް ބެލެވެއެވެ. އަދި މިއަދު ސިނަމާލެ ބްރިޖް ބަންދު ކުރާނެ ކަމަށް ދެކެވުނު ވާހަކަ ފުލުހުން ވަނީ ދޮގު ކޮށްފައެވެ. މޯދީ މާލެ ވަޑައިގެންފައި ވަނީ ކަނޑު މަގުންނެވެ.
ފުލުހުން ވަނީ މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް އާންމު ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުން ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.