ބަންޑާރަ ނައިބު ރިއްފަތުގެގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އެއްވެސް ބޭފުޅަކަށް ބިރެއް ނުދައްކަވާނެ ކަމަށް ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދް ތައުފީގް ވިދާޅުވެއްޖެއެވެ.
ފުއާދް މިހެން ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔޮހާން ކްރީގްލާ އިންޒާރު ދެއްވައިފައި ވާކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ވަނިކޮށްެވެ.
މީގެ އިތުރުން ފުވާދް ވިދާޅުވީ އޭނާއަކީ ތައުލީމީ، ތަހުޒީބް އަދި ތަޖުރިބާކާރު މޮޅު ޖަޖެއް ކަމަށާ އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ދައްކަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރޮރިސްޓެކޭ ކިޔައިގެން ކޯޓް އިން ހުކުމް ކުރުމަށް ފަހު ދެއްކި ކަހަލަ ވާހަކަތަކެއް ކަމަށްވެސް ފުވާދްވަނީ ވިދާޅުވެފައެވެ.
ޔޮހާން ކުރީގްލާ ވަނީ އެސެސްމެންޓް ހެއްދެވުމަށް މައުލޫމާތު އޮޅުންފިލުވުމަށް ސުޕްރީމް ކޯޓުގް ފަނޑިޔާރުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުން ސުޕްރީމް ކޯޓުން ހަމަޖައްސައިފައި ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އެދުމުގެ މަތީންނެވެ.
ސްޕްރީމް ކޯޓުން ނެރުނު ދިގު ނޫސް ބަޔާނުގައި ބުނީ ޝަރުއީ ދާއިރާއަށް ދިމާވެފައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ޔޮހާން އަށް ކިޔައި ދިނީމާވެސް އޭނާ ޝަރުއީދާއިރާއަށް ބިރު ދައްކާފައި ވާކަމަށެވެ.
ސްޕްރީމް ކޯޓުން ނޫސްބަޔާން ނެރެފައި ވަނީ، އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސްލޫކީ މައްސަލަތަކެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވި ވަގުތެއްގައެވެ.