އަޅުގަނޑަށް މިދޭތެރެއިން ފެނުނު ފޮޓޯއެއްގައި ބަޔަކު އެމީހުންގެ ބޫޓުގައި ނަމާދު ކުރާތަން ފެނިފައިވެއެވެ. އަޅުގަނޑުގެ ސުވާލަކީ ބޫޓު ނުވަތަ ފައިވާނުގައި ނަމާދު ކުރެވިދާނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ފައިވާނުގައިނަމާދު ކުރުމަކީ ހުއްދަވެގެންވާ (مباح) ކަންތައްތަކުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި ކިއެއްތޯއެވެ! ޔަހޫދީންނާއި ޚިލާފުވުމަށްޓަކައިފައިވާނުގައި ނަމާދު ކުރުމަށް މާތް ނަބިއްޔާ صلىاللهعليهوسلمވަނީއަމުރުވެސް ކުރައްވައިފައި އެވެ. ނަބިއްޔާ صلىاللهعليهوسلمއާއިއެކަލޭގެފާނުގެ ޞަޙާބީން رضياللهعنهمވަނީ ފައިވާން ފުޅުގައި ނަމާދުކުރައްވައިފައެވެ. އަދި ފައިވާނުގައި ނަމާދު ކުރަނީނަމަ އޭގައި ނަޖިހެއްހުރިތޯ ރަނގަޅަށް ބެލުމަށްވެސް މާތް ނަބިއްޔާ صلىاللهعليهوسلمވަނީއަމުރު ކުރައްވައިފަ އެވެ. އަދި އެކަލޭގެފާނުގެ ފައިވާންފުޅުގައި ނަޖިހެއްހުރިކަމުގެ ޚަބަރު ޖިބްރީލު عليهالسلامދެއްވުމުން، ނަމާދުގައިހުންނަވައިގެން ފައިވާންފުޅު ބޭލެއްވެވިއެވެ. ދެން ޞަޙާބީންވެސްއެކަލޭގެފާނުގެ ފަހަތްޕުޅުން އެބޭކަލުންގެ ފައިވާންތައްވެސް ބޭލެއްވިއެވެ. މިހުރިހާ ވާހަކަތަކެއްވެސްވަނީ ޞައްޙަ ޙަދީޘްތަކުގައި ސާބިތުވެފައެވެ. އެޙަދީޘްތަކާއި ސަޢޫދީ ޢަރަބިޔާގެ ފިޤުހުވެރިންގެ ކޮމެޓީގެ ފަތުވާވެސްތިރީގައި ބަޔާންކުރަމެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި، އެޒަމާނުގެ މިސްކިތްތަކުގައި ދޫލައަޅައިފައެއް ނުހުރެއެވެ. އޭރު މިސްކިތްތަކުގައި ހުންނަނީ ވެއްޔާއި ކުދިހިލައެވެ. އެހެންކަމުން މިސްކިތަށް ފައިވާނާއެކުގައި ވަނުމަކީ އެވެސްމައްސަލައެއް ނޫނެވެ. ނަމަވެސް މިޒަމާނުގެ މިސްކިތްތަކުގައި ދޫލައަޅައިފައި ހުރުމުގެ ސަބަބުން ފައިވާނާއެކުގައި މިސްކިތްތަކަށް ވަނުމަކީ،މިސްކިތް ހަނޑިވެ ނުސާފުވެ، ކާޕެޓްމަތީގައި ވެލިބޯވުމަށް މަގުފަހިވާނޭކަމެކެވެ. ހަމައެފަދައިން ފަރުވާކުޑަކޮށްލައިފައި މިސްކިތަށް ފައިވާނާއެކުގައި ވަންނަ ބައެއް މީހުންގެ ފައިވާނުގައި ނަޖިހާއި ކުނިތަތްލަވައިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދުގެ މިސްކިތްތަކަށް ފައިވާނާއެކުގައި ވަނުމަށް ހުއްދަދޭކަމުގައިވަނީނަމަ، ކޮންމެ ދުވަހެއް ކީއްކުރަންތޯ ކޮންމެ ނަމާދަކަށްފަހުގައިމިސްކިތް ސާފުކޮށް ކުނިކަހާނޭ އެތަކެއް މީހުންނެއް ބޭނުންވާނޭކަންކަށަވަރެވެ. އަދި މިސްކިތަށް ފައިވާނުގައި ވަދެ ނަމާދު ކުރަން އެދޭމީހާވެސް، ހިރަފުހާއި ވެއްޔާއި އަދިކިއެއްތަ ކުނިބުނީގެ ފުންޏެއްގެތެރޭގައި ނަމާދު ކުރުމަކަށް ނޭދޭނެކަން ކަށަވަރެވެ.
ފައިވާނުގައި ނަމާދު ކުރުމާ ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފިޤުހުވެރިންގެކޮމެޓީއާއި ސުވާލު ކުރެވިފައިވެއެވެ. އެކޮމެޓީން ދެއްވާފައި ޖަވާބުތިރީގައި ނަކަލު ކޮށްލާނަމެވެ.
"ފައިވާނުގައި މިސްކިތަށްވަދެ ފައިވާނަށް އަރައިގެން ހުރެ ނަމާދު ކުރުމަކީނައްބިއްޔާ صلى الله عليه وسلمހިދާޔަތުގެ ތެރެއިން ހިމެނޭކަމެކެވެ. އަބޫދާވޫދު ޞައްޙަ ސަނަދުން އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ގެއަރިހުންރިވާކުރައްވާފައިވެއެވެ. قَالَ بَيْنَمَا رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ فَلَمَّا قَضَى رَسُولُ اللَّهِ -صلى الله عليه وسلم- صَلاَتَهُ قَالَ � مَا حَمَلَكُمْ عَلَى إِلْقَائِكُمْ نِعَالَكُمْ �. قَالُوا رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- � إِنَّ جِبْرِيلَ -صلى الله عليه وسلم- أَتَانِى فَأَخْبَرَنِى أَنَّ فِيهِمَا قَذَرًا �. وَقَالَ � إِذَا جَاءَ أَحَدُكُمْ إِلَى الْمَسْجِدِ فَلْيَنْظُرْ فَإِنْ رَأَى فِى نَعْلَيْهِ قَذَرًا أَوْ أَذًى فَلْيَمْسَحْهُ وَلْيُصَلِّ فِيهِمَا�މާނައި: އެކަލޭގެފާނުވިދާޅުވިއެވެ. ރަސޫލުއް ﷲ صلىاللهعليهوسلمއެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއެކު ނަމާދުކުރައްވަން ހުންނަވައިފައި، އެކަލޭގެފާނުގެފައިވާންފުޅު ބާލައްވައި ވައަތް ފަރާތުގައި ބެހެއްޓެވިއެވެ. އެތަންޞަޙާބީންނަށް ފެނިލެއްވުމުން އެބޭކަލުންވެސް ފައިވާންތައް ބޭލެއްވެވިއެވެ. ދެން ރަސޫލުއް ﷲ ގެފާނު ނަމާދުން ނިމިވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބޭކަލުންގެ ފައިވާންތައް ބޭލެއްވެވީ ކީއްވެގެންތޯއެވެ؟" އެބޭކަލުންދެންނެވިއެވެ. ތިމަންމެނަށް ކަލޭގެފާނު ފައިވާންފުޅު ބޭލެއްވެވިތަންފެނުމުން ތިމަންމެންވެސް ފައިވާ ބޭލީއެވެ. އެހިނދު ރަސޫލުއް ﷲ ގެފާނުޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ފައިވާންފުޅުގައިނަޖިހެއްވާކަމުގެ ޚަބަރު ޖިބްރީލު ގެފާނު ވަޑައިގެން ތިމަންކަލޭގެފާނުގެއަރިހުގައި ދެންނެވިއެވެ." އަދި ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެތެރެއިން މީހަކު މިސްކިތަށް އަރަނީނަމަ، އޭނާގެ ފައިވާންނުގައި ނަޖިހެއްނުވަތަ ކުންޏެއް ހަރުލާފައި ހުރިތޯ ބަލައި ފައިވާން (ބިމުގައި) ފޮހެލާށެވެ. އަދި އެއަށް އަރައިގެން ނަމާދު ކުރާށެވެ."
އަބޫ ދާވޫދު رحمهاللهރިވާކުރައްވާފައިވެއެވެ. ސައްދާދު ބިން އައުސް رضياللهعنهއެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ. قَالَ رَسُولُ اللَّهِ -صلى الله عليه وسلم- � خَالِفُوا الْيَهُودَ فَإِنَّهُمْ لاَ يُصَلُّونَ فِى نِعَالِهِمْ وَلاَ خِفَافِهِمْ�މާނައީ: ރަސޫލުއް ﷲ صلىاللهعليهوسلمޙަދީޘްކުރެއްވިއެވެ. "ޔަހޫދީންނާއިޚިލާފުވާށެވެ. ހަމަކަށަވަރުން އެމީހުންނަކީ ފައިވާނަށް އަރައިގެން ނުވަތަޚުއްފުގައި ނަމާދުކުރާ ބައެއް ނޫނެވެ." (ޚުއްފަކީ ހަމުން ހަދާފައި ހުންނައިސްޓާކީނު ކަހަލަ އެއްޗެކެވެ.)
އަދި ޢަމްރު ބިން ޝުޢައިބު رضياللهعنهއެކަލޭގެފާނުގެ ބައްޕާފުޅުވިދާޅުވިކަމުގައި ރިވާކުރައްވާފައިވެއެވެ. رَأَيْتُ رَسُولَ اللَّهِ -صلى الله عليه وسلم- يُصَلِّى حَافِيًا وَمُنْتَعِلاًމާނައި: "ރަސޫލުއް ﷲގެފާނު ފައިވާންފުޅު ތުރުކުރައްވައިގެންނާއި ހުސްފައިގައިވެސް ނަމާދުކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." މިއީ އަބޫ ދާވޫދާއިއައްނަސާއީ އާއި އިބްނު މާޖާވެސް رحمهماللهރިވާކުރައްވާފައިވާ ޞައްޙަޙަދީޘްފުޅެކެވެ.
މިސްކިތްތަކުގައި ދޫލަ އެޅުމަށްފަހުގައި ވަކިން ޚާއްޞަކޮށް އަގުބޮޑު ކާޕެޓްއަޅައިފައި ހުންނައިރު، މިސްކިތުގެ ސާފުޠާހިރުކަމަށް ސަމާލުވެ ފައިވާންބާލައިގެން މިސްކިތަށް އެރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ނަމާދުކުރާ އެހެން މީހުންނަށްވެސް އެކަމުން ކުރިމަތިވެދާނެ ހިތްހަމަ ނުޖެހުމެއްނުވަތަ އުނދަގުލަކުން ސަލާމަތްވެ އެއްކިބާވެގެން ތިބުން މުހިންމެވެ. � މިއީއެކޮމެޓީގެ ފަތުވާ ނަންބަރު: (213/6،214)
އަލްއިމާމުލް އަލްބާނީ رحمهاللهއާ މިސުވާލު ކުރެވުނުހިނދުއެކަލޭގެފާނުވެސް އިސްވެ ބަޔާންކުރެވުނު ފަތުވާގައިވާ ވަހަކަތަކަށްތާއިދުލިބޭ ބަސްފުޅުތަކެއް ވިދާޅުވުމަށްފަހުގައި މިސްކިތަށް ފައިވާނާއެކުއެރުމުގެ ޙުކުމުގައި ސުންނަތުން ވާރިދުވެފައިވާ އެހެން ބަސްފުޅަކުން މިސާލުޖައްސަވާފައިވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلمގެޙަދީޘްފުޅެއްގައިވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى نُخَامَةً فِي حَائِطِ الْمَسْجِدِ فَتَنَاوَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَصَاةً فَحَتَّهَا ثُمَّ قَالَ إِذَا تَنَخَّمَ أَحَدُكُمْ فَلَا يَتَنَخَّمْ قِبَلَ وَجْهِهِ وَلَا عَنْ يَمِينِهِ وَلْيَبْصُقْ عَنْ يَسَارِهِ أَوْ تَحْتَ قَدَمِهِ الْيُسْرَىމާނައީ: "ރަސޫލުއް ﷲ ގެފާނަށް މިސްކިތުގެ ފާރުގައި ކުޅުގަނޑެއް ހުއްޓައިފެނުމުން ހިލަކޮޅެއް ނަންގަވައި، އެއިން އެ ސާފުކުރެއްވުމަށްފަހުގައިޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަރުކެހިކުޅުގަނޑެއް ޖަހަންޖެހިއްޖެނަމަ (އެބަހީ: ނަމާދުގައި އެފަދަކަމެއް ކުރަންބޭނުން ޖެހިއްޖެނަމަ) އޭނާގެ ކުރިމަންތިން (ޤިބުލައާވީ ފަޅިން) ކުޅުނުޖަހާހުށިކަމެވެ. އަދި ކަނާތުފަރާތައްވެސް ކުޅު ނުޖަހާހުށިކަމެވެ. އޭނާގެވައަތް ފަރާތުން ނުވަތަ ފައިދަށަށް ކުޅު ޖަހާށެވެ." މިއީ އަލްބުޚާރީރިވާކުރައްވާފައިވާ ޙަދީޘްފުޅެކެވެ. މިޙަދީޘްފުޅުގެ ބައެއްރިވާޔަތްތަކުގައި ނަމާދަށް ހުރެ ޤިބުލައާވީ ފަޅިޔަށް ކުޅު ޖެހުންނަހީކުރައްވާފައިވެއެވެ. އަދި ފައިދަށަށް ކުޅު ޖެހުމަށާއި އެކުޅުގަނޑުވަޅުލުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ. މިޙަދީޘްފުޅުގައި މިފަދައިންއިރްޝާދު ދެއްވާފައި ވީނަމަވެސް މިޒަމާނުގައި މިސްކިތުގެ ތެރޭގައި ހުރެގެންކުޅު ޖެހުން ނުވަތަ ފައިދަށަށް ކުޅުޖަހާ ހެދުމަކީ މިސްކިތުގެސާފުޠާހިރުކަން ގެއްލޭކަމެކެވެ. އެހެނީ ވެލީގެ ސަބަބުން ނުވަތަ ބިންގަނޑުގެސަބަބުން އެކުޅުގަނޑުގެ އަސަރު ފިލައި ދިޔައެއްކަމަކު ދޫލަ އަޅާފައިހުންނަ މިސްކިތަކުން އެ ޠާހިރުކަމެއް ޙާޞިލެއް ނުވާނެއެވެ.
ވީމާ، ފައިވާނުގައި ނަމާދު ކުރުމަކީ ރަސޫލުއް ﷲ صلى الله عليه وسلمއަމުރުކުރައްވާފައިވާ ކަމެއްކުމުގައިވިޔަސް ދޫލަ އަޅާފައި ހުންނަމިސްކިތެއްގައިނަމަ މިސްކިތުގެ ސާފުޠާހިރު ކަމަށާއި، ދެންތިބި ނަމާދު ކުރާއެހެން މީހުންނަށް ނުތަނަވަސްކަމެއް ލިބުނަ ނުދިނުމަށް ސަމާލުވާންޖެހެއެވެ.والله أعلم