ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރުމަކީ ކޮންކަހަލަ ކަމެއް؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފުރައްސާރަ ކުރުމުގައި ތަފާތު ދަރަޖަ ތަކެއް ވެއެވެ. އޭގެ ތެރޭގައި މިއްލަތުން ބޭރުވާ ވަރުގެ ބޮޑު ކުފުރާއި، ފިސްގާއި، ދެޙުކުމް ދެމެދަށް ފެތޭ ފަދަކަންތައްތައް ހިމެނިގެންވެއެވެ.
- ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ނުވަތަ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނުވަތަ އެކަލާނގެ ބާވާލެއްވި ފޮތަށް ފުރައްސާރަކޮށްފި މީހާ ވަނީ ދީނުން ބޭރުވެފައެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾) މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެންދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނިވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّهއާއި،އެކަލާނގެ آيةތަކާއި، އެކަލާނގެ رسولއާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުން إيمانވުމަށްފަހު،ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށްތިމަންރަސްކަލާނގެ عذابދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެންކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ." މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވާ މައްސަލައެކެވެ.
- މީސްތަކުންގެ ޛާތީ ކަންތަކަށް ފުރައްސާރަ ކުރުން، ނުވަތަ ދުނިޔަވީ ގޮތުން މީސްތަކުން ކުރަމުންގެ ގެންދާ ކަމަކަށް ފުރައްސާރަކޮށް ހެދުން. މިފަދަ ކަންތައްތަކަކީ ފިސްގެކެވެ. ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށްފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދިއަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުންމާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيبނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيبނުކިޔާށެވެ!) އަދިއެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبةނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމައަނިޔާވެރިންނެވެ."
- މުސްލިމެއްގެ ދީންވެރި ކަމަށް ޓަކައި ނުވަތަ ސުންނަތާ އެއްގޮތަށް އުޅުމަށް މަސައްކަތް ކުރާތީ އެކަމާ ފުރައްސާރަ ކުރާނަމަ، އެކަންވެގެންދާނީ މިއްލަތުން ބޭރުވުމާއި ފިސްގާއި ދެމެދުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީ އެމުސްލިމަކު ތަބަޢަވެގެން ހުރި ޝަރީޢަތުގެ ޛާތަށް ކަމަށް ވަނީނަމަ، އެކަންވާނީ މިއްލަތުން ބޭރުވާ ވަރުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީ ސީދާ މީހާ އަށް ކަމަށް ވަނީނަމަ، މިޘާލަކަށް އެމީހަކީ ދީންވެރިކަން ފާޅުކުރަން އެކަށީގެންވާ މީހެއް ނޫން ކަމަށް ބުނުން، ނުވަތަ އެމީހަކު ޢަމަލު ކުރަނީ ސުންނަތުން ޘާބިތުވާން އޮތް ވަރަށް ވުރެ ހަރުކަށިކޮށް ކަމަށް ބުނުން، ފަދަ ކަންތައް ވެގެންދާނީ ފިސްގަށެވެ.
ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ.
މީހަކު އޭނާގެ ހެދުން ކުރުކޮށްފައި ހުންނާތީ ނުވަތަ ތުނބުޅި ދިގުކޮށްފައި ހުންނާތީ މަލާމާތްކޮށް ފުރައްސާރަކޮށް ހަދާނަމަ، އެކަން ކުރާ މީހަކު ދީނުން ބޭރުވާނެތޯއެވެ؟
ޖަވާބުގައި ވިދާޅުވިއެވެ.
އެމީހަކު މަލާމާތް ކުރަނީ ދީނަށް ކަމަށް ވަނީނަމަ އެމީހަކު އެވަނީ މުރްތައްދުވެފައެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾) މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެންދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނިވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّهއާއި،އެކަލާނގެ آيةތަކާއި، އެކަލާނގެ رسولއާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުން إيمانވުމަށްފަހު،ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށްތިމަންރަސްކަލާނގެ عذابދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެންކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."
އެމީހަކު މަލާމާތްކޮށް ފުރައްސާރަކޮށް ހަދަނީ އެމީހަކު ހެދުން ކުރުކޮށް، ތުނބުޅި ބަހައްޓާފައި، ދީނުގައި އައިސްފައިވާ އެހެން ކަންކަމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށް ވެފައި، އެމަލާމާތް ކުރަނީ ދީނުގެކަންތައް ފުރިހަމަ ނޫން ކަމަށް ދެކިގެން ކަމަށް ވަނީނަމަ، އެއީ ދީނުން ބޭރުވާ ވަރުގެ ކަމެކެވެ. އެކަމެއް ކުރަނީ ސަމާސާ އަކަށް ނުވަތަ މަޖަލަކަށް ކަމަށް ވަނީނަމަ އެއީ ކުރުން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެފަދަ މީހަކު ވަނީ ނުރައްކަލެއްގެ މަތީގައެވެ. އެމީހެއްގެ މަގްޞަދަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށް ވަނީނަމަ ދީނުން ބޭރުވާނެއެވެ. واللهأعلم