މިދިޔަ ދެ ދުވަހު ކ. ދިއްފުށީގައި ދެފަހަރެއްގެ މަތިން ހިނގައިދިޔަ މާރާމާރީއާ ގުޅިގެން އެކަކު ހައްޔަަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު، ދިއްފުށީގައި މާރާމާރފީއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީ އަކީ ބުދަ ދުވަހުގެ ރޭ އެ ރަށުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހިނގި މާރާމާތީއެއް ކަމަށެވެވެ. މި މާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސް ފަރުވާދެވިފައެވެ.

ފުލުހުން ބުނީ ދެ ރޭގެ މަތިން ދިއްފުށީގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރޭގެ މާރާމާރީގައި އެކަކަށް އަނިޔާވި އިރު، ބުދަ ދުވަހުގެ ރޭގެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ލިބި ފަރުވާ ދީފައިވެއެވެ. ދިއްފުށީގައި މާރާމާރީ ހިންގާފައިވަނީ، އެރަށުން ވައްކަން ކުރާކަމަށް ބުނެ، ރަށުގެ ބައެއް ރައްޔިތުން ނުކުމެ ވައްކަން ކުރިކަމަށް ބުނާ މީހުންނާ ކުރިމަތިލައިގެންނެވެ.