މަޝްހޫރު "ޓެޑް ޓޯކްސް" ފްރެންޗައިޒްގެ އިންޑިއާ އެޑިޝަން ސީޒަން 2ގެ ޝޫޓިންގް ފަށައިގެން ކުރިއަށް އެބަދެއެވެ.

މައުލުމާތު ލިބޭ ގޮތުގައި ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ޚާން މިހާރު ވަނީ ޓެޑް ޓޯކްސް އިންޑިއާ ސީޒަން 2ގެ ފުރަތަމަ އެޕިސޯޑްގެ ޝޫޓިންގްގެ މަސައްކަތްތައް މުޅިން ނިންމާލާފައެވެ.

ފުރަތަމަ ސީޒަންގެ މަންޒަރުތައް ނެގީ ޔަޝް ރާޖް ފިލްމް ސްޓޫޑިއޯޒްގައި ނަމަވެސް، 2 ވަނަ ސީޒަންގެ މަންޒަރުތައް ނަގަނީ ފިލްމިސްތާން ސްޓޫޑިއޯޒްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޓެކް ޓޯކްސް އިންޑިއާ ސީސަން 2އިން ފެނިގެންދާނެ ފަރާތްތަކުގެ ތެރޭގައި އެސިޑް ހަމަލާތަކުގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރުވާލްއާއި ބޮލީވުޑަށް މީޓޫ މޫވްމަންޓް ގެނެސްދިން ތަނޫޝްރީ ދައްތާ ހިމެނެއެވެ.

ޓެކް ޓޯކްސް އިންޑިއާ ސީސަން 2ގެ އެޕިސޯޑްތައް އޮންއެއާ ކުރަން ފަށާނީ މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައެވެ.