އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަނީ ތަމްރީނު ޕްރޮގްރާމުތަކެއް ކަމަށާ އެކަމަކީ ވަކި ކަމަކާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ނޫންކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެއަަށް ޓެރަރިސްޓް ހަަމަލާއެއްގެ ބިރު އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެމްއެންޑީއެފުް ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދަނީ ސިލްސިލާ ފަރިތަކުރުންތައް ކަމަށެވެ. އަދި މިއަދު މި ފެށީ މި ސިލްސިލާގެ ދެވަނަ ތަމްރީންތައް ކަމަށެވެ.

"ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން, އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމަށަ އިލްތިމާސް ކުރަމެވެ." އެމްއެންޑީއެފް ނޫސްބަޔާނުގައި ވެއެވެ.