އައިލެންޑް އޭވިއޭޝަންގެ ވެރިންގެ މުސާރަ ބޮޑު ކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ ވިދާޅުވީ، އެ އޭވިއޭޝަނުން ދޭ މުސާރައާ ބެހޭ އެއްވެސް ނިންމުމެއް ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލާ ނުނަގާ ކަމަށެވެ. އަދި އޭނާގެ މުސާރަ ބޮޑު ކުރަން ވެސް އެދިފައި ނުވާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އަށް ނޭނގި އައިލެންޑް އޭވިއޭޝަންގެ ވެރިންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން އެ މުސާރަ ދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އައިލެންޑް އޭވިއޭޝަނަށް އެންގި ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއްގެ ރައްދުގައެވެ.

އެގޮތުން އެ ޓްވީޓަށް ރައްދު ދެއްވާ، ޒިންމާދާރު ވުމަށާއި ނަފްރަތު ނުފެތުރުމަށް ރިޒްވީ ގޮޮވާލެއްވުމާއި އެކު، އެ ޓްވީޓް ކުރި ފަރާތުން މިހާރު ވަނީ ޓްވީޓް ޑިލިޓް ކޮށްލާފައެވެ.