ސިޔާސީ ޕާޓީގެ ގާނޫނުގައި ވާގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓާފައި ނުވާތީ އެ ޕާޓީ 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތާ ހިލާފަށް ފައިސާގެ ކަންތައްތައް ބަލަހައްޓާފައިވާ ކަމަށް ޕީޕީއެމްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ފާހަގަކޮށްފައި ވާތީ ޕީޕީއެމް 20،000 ރުފިޔާައިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ފައިސާގެ ކަންތައް ބަލަހައްޓާ ފަރާތް 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީން ވަނީ ނިންމާފައެވެ.

20،000 ރުފިޔާއިން ޕީޕީއެމް ޖޫރިމަނާ ކޮށްފައިވާ އިރު، މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، އޭޕީ، ޖޭޕީ އަދި އެމްޑީއޭ ކަމަށެވެ. ނަމަވެސް މި ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި ބާކީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމަށް ފައިސާ ނުދޭން ނިންމީ، އެ ޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް ހުރެގެން އެ ރިޕޯޓް އިސްލާހު ކުރަން ފޮނުވާފައި ވުމުން ކަމަށެވެ. އަދި އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ޕީޕީއެމަށް ފައިސާ ދޫކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕީޕީއެމް 20،000 ރުފިޔާއިން އަދަދަކުން ޖޫރިމަނާ ކޮށްފައިވާ އިރު، ސިޔާސީ ޕާޓީގެ ގާނޫނުގައި އޮޑިޓް ރިޕޯޓް ހުށަހަޅަން އޮންނަ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދަލާތު ޕާޓީ އަދި ޑީއާރުޕީ ވަނީ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ.