1. އަންހެނުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ކޮންކަހަލަ ކަމެއް؟

بــســــــــــــــماللّـه. الحمدللّـهوحدهوالصلاةوالسلامعلىمنلانبيبعده.

އަންހެނާގެ ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް އަންނިވި ޝަރްޠުތަކާ އެކުގައެވެ.

އެއީ:

  1. ކާފަރު އަންހެނެއްގެ ސިފަ ޖެހޭ ގޮތަށް ކުލަނުޖެއްސުން.އެބައިމީހުންނަށް ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްމާލްދީނުގައި ހުއްދަކަމެއްނޫނެވެ. މިގޮތުން ވަކިމީހެއްގެ ސްޓައިލަށް ކޮށުން ހުއްދަނުވާނެއެވެ. رَسُولُاللهِصلَّىاللهعليهوسلمހަދީޘްކުރައްވަނީ : ( منتشبهبقومفهومنهم ) . މާނައީ: "ބަޔަކާއި އެއްގޮތްވެއްޖެނަމަ އޭނާ ވަނީ އެބައިމިހުންގެ ތެރެއިންނެވެ."
  2. ބޮލުގައި ކުލަޖައްސަނީ މީހަކު ލައްވާ ކަމުގައިވާނަމަ، ކުލަ ލައިދެނީ އަންހެނަކު ކަމުގައިވުން.
  3. މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާގެ ހުއްދަހޯދުން.
  4. މިޒަމާނުގެ ސެލޫންތަކަށް ދާނަމަ އެތަންތަނަކީ ރައްކާތެރި ތަންތަނަށް ވާންޖެހޭނެއެވެ. އެގޮތުން ބޮލުގައި ކުލަ ޖައްސަން ތިބޭ މީހުންނަކީ އަންހެނުންނަށް ވެފައި އަދި ތިމާގެ ބޮލުގައި ކުލަ ޖައްސާ ވަގުތު ހިލޭ ފިރިހެނުންނަށް ވަދެވޭ ތަނަކަށް ވެގެންނުވާނެއެވެ. އަދި އެތަންތާ ބޮލުގައި ކުލަޖައްސަން ތިބޭ އަންހެނުންނަކީ ނިވާކަން ކުޑަ ހެދުން ލައިގެން ބޮލުގައި ކުލަޖައްސަން ތިބޭ ބައެއްކަމުގައި ވެގެން ނުވާނެއެވެ. އެއީ އެކަމުގައި އެމީހުންނަށް އެހީ ފޯރުވައިދެވޭތީއެވެ. ﷲއަށް އުރެދުމެއްގައި އެކަކު އަނެކަކަށް އެހީތެރިވުމެއް ނޯވއެވެ. މާތްﷲ ވަހީކުރައްވަނީ: { وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان }. މާނައީ: "ހެޔޮކަންތައްތަކާއި ތަޤުވާވެރިވުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ. އަދި ނުބައިކަންތައްތަކާއި ޢަދާވާތްތެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރި ނުވާށެވެ."والله أعلم

2. އަންހެނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށުމަކީ ނުވަތަ ކޮށުމަކީ ކޮންކަހަލަ ކަމެއް؟

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد

އަންހެނާގެ ޒީނަތްތެރިކަން ޚާއްޞަވެގެންވަނީ އެކަމަނާގެ ފިރިކަލުންނަށެވެ ފިރިކަލުންނަށް ރީތި ގޮތަކަށް ބޯކޮށާފައި ނުވަތަ ދިގުކޮށްފައި ބެހެއްޓިދާނެއެވެ. ނަމަވެސް ފިރިހެނުންނާއި އެއްގޮތްނުވާ ގޮތަށެވެ. والله أعلم

3. އަންހެނާގެ އިސްތަށިގަނޑު ފަން ކުރުމަކީ ކޮންކަހަލަ ކަމެއް؟

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد

އަންހެނުންގެ ޒީނަތްތެރިކަން ހުއްޓިފައި އޮންނަނީ އެކަނބަލުންގެ ފިރިންގެ އަތްމައްޗަށެވެ. ބޯފަން ކުރުމަކީ ފިރިމީހާ ރުހޭ ކަމެއްކަމަށްވަނީނަމަ މައްސަލަ އެއް ނެތެވެ. މިއީ އިސްލާމްދީން މަނާ ކުރާކަމެއް ނޫނެވެ. ނަމަވެސް، އިސްތަށިގަނޑު ފަންކުރުމަށް ބޭނުން ކުރާ ބޭހުގެ ސަބަބުން އިތުރު ގެއްލުންތަކެއް ހަށިގަނޑަށް ލިބިދާނެކަމަށް ފެންނަނަމަ އެފަދަ ބޭހެއް ބޭނުންކޮށްގެން ނުވާނެއެވެ. والله أعلم

4. ބޮލުގެ އިސްތަށިގަނޑު ފަންކޮށް ހުންނަ މީހަކު އިސްތަށިގަނޑު ބުޅި ކުރުމަކީ ހުއްދަކަމެއް؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

ބޮލުގެ އިސްތަށިގަނޑު ބުޅި ކުރުމަށް ބޭނުން ކުރެވޭ ބޭހުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެނަމަ މައްސަލަ އެއް ނެތެވެ. والله أعلم