މާލެއިން ހުޅުމާލެއަށް ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ހިނގި އެކްސިޑެންޓުގައި ކުޑަކުއްޖާއަށާއި، ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ކުޑަކުއްޖަކު ގޮވައިގެން ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުގެން ގޮސް ހައިވޭ ރާޑަރު ކައިރިން ފެންސްގައި ޖެހި އެކްސިޑެންވެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިރޭ 6:44 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 46 އަހަރުގެ ފިރިހެން މީހާގެ ދަތްދޮޅިއާއި ދެ ކަކޫ އަދި އުޅަނބޮށިން މަށައިގެން ގޮސްފައި ވާއިރު، ސައިކަލުގައި އިން އެއް އަހަރާއި ނުވަ މަހުގެ ކުޑަކުއްޖާގެ ބޮލުގެ ކަނާތް ފަރާތުން ތިން އިންޗް ހުންނަވަރު ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި ކުއްޖާގެ ސީޓީ ސްކޭނެއް ހެދުމަށް އޭޑީކޭގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއާއި ކުޑަކުއްޖާވެސް އިނީ ހެލްމެޓާއި، ބެލްޓް ވެސް އަޅައިގެން ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.