ލެޑް ލައިޓުތައް ބެހުމަށް ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކޮށްފި

ނިމާ ހަސަން 15 May 2019, 14:21
LED light thah behumah Utilities kunfunithakaa havaalu kohffi
ލެޑް ލައިޓުތައް ބެހުމަށް ޔުޓިލިޓީސް ކުންފުނިތަކާއި ހަވާލުކުރުމަށްޓަކައި މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ / ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

އިންޑިއާގެ އެނާޖީ އެފިޝެންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް) އިން ރާއްޖެއަށް ހަދިޔާ ކުރި ލެޑް ލައިޓުތައް ބެހުމަށް މިއަދު ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

ކޮންމެ ގޭބީސީއަަކަށް ދެ ލެޑް ލައިޓުގެ މަގުން ބެހުމަށް ހަމަޖެހިފައިވާއިރު، ލައިޓުތައް ބެހުމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން މިއަދު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ހަވާލުކޮށްފައިވެއެވެ.

މި ލައިޓުތައް ބެހުމަށް މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ހަކަތަ ސަމަކާރަ (އެނާޖީ އެފިޝަންޓް) ތަކެތި ގަތުމަށާއި، އާންމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފުކުޑަވާނެ ގޮތަކަށް އާދަތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ހަކަތަ އިގުތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ރާއްޖޭގެ ބިލްޑިން ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ވެސް ހިންގަމުން އަންނަކަމަށެވެ.

އީއީއެސްއެލުން ރާއްޖެއަށް 200،000 ލެޑް ލައިޓު ހަވާލުކޮށްފައި ވަނީ އެންވާރަމެންޓް މިނިސްޓްރީއާ އީއެސްއެލާއި މެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ލައިޓުތަކުން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށާއި އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!
ޟޟ

ގޭހެ ރަޖިސްޓޮރީ ޔާކޯތަކާ؟

3 months ago