ޗައިނާގެ މަޝްހޫރު ސްމާޓްފޯނު ވަންޕްލަސް 7 ޕްރޯ، ތިން ސަރަހައްދެއްގައި އެއްވަގުތެއްގައި ލޯންޗުކޮށް، އެމޭޒަން ޕްރައިމްގެ ސަބްސްކްރައިބާޒްއަށް އުފާވެރި ޚަބަރެއް ދީފިއެވެ.

ވަންޕްލަސް 7 ޕްރޯއާއިއެކު، ޖީބަށް ލުއި ވަންޕްލަސް 7 ވެސް ވަނީ ލޯންޗުކޮށްފައެވެ.

ވަންޕްލަސް 7 ޕްރޯ ފަރުމާކޮށްފައި ވަނީ ވަންޕްލަސް މޮޑެލްގެ ފޯނެއްގައި މިހާތަނަށް ހަރުކޮށްފައިވާ އެންމެ ވަރުގަދަ ބެޓެރީއާވެސް އެކުގައިކަމަށް ވާއިރު، މި ފޯނުގެ ރެމް ކެޕޭސިޓީ އުޅެނީ 12 ގިގަބައިޓްސްގައެވެ.

ޖުމުލަ ތިން ކުލައަކުން ލިބެން ހުންނަ މި ފޯނުގެ ސެލްފީ ކެމެރާ ފަރުމާކޮށްފައި ވަނީ "ޕޮޕް-އަޕް" ވާ ގޮތަށެވެ.

ވަންޕްލަސް 7 ޕްރޯއާއި ވަންޕްލަސް 7ގެ ފޯނުތައް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮންލައިން އަދި އޯފްސްޓޯތަކުން ވިއްކަން ފަށާއިރު، އެމޭޒަން ޕްރައިމްގެ މެންބަރުންނަށް 1 ދުވަސް ކުރިން މި ޕްރޮޑަކްޓަތައް ބައްލައިވައިގެނެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއިން ޑިވައިސްއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 700 އެމެރިކާ ޑޮލަރަށެވެ.