ފުރުގާން މިސްކިތް ކައިރިން ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މީގެ ކުޑައިރު ކޮޅެއް ކުރިން އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތް ކުރިމަތިން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. މަންޒަރު ދުށް މީހުން ބުނީ މި އެކްސިޑެންޓް ހިނގީ އަމީނީ މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި މަގުމައްޗަށް ލޭ އެޅިފައ

މި އެކްސިޑެންޑްގައި އަނިޔާވި މީހާގެ އެއްފައި ވަރަށް ބޮޑަށް ޗިސް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރޯދަމަހު އެކްސިޑެންޓް ހިނގާ މިންވަރު އިތުރުވެފައިވާ އިރު، އިއްޔެ ވެސް ހެލިޕެޑް ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މީިހެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

އެގޮތުން، ކޮންމެ ހަފްތާއަކު އެއް ފަހަރު ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި 56 އެކްސިޑެންޓް ހިނގައި މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވެރުގެ އަނިޔާ ލިބިފައިވެއެވެ.