މަންމައިންގެ ދުވަހުގެ ތަހުނިޔާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މަންމަ، ނަސްރީނާ އިބްރާހީމަށް އަރިސްކުރައްވައިފިއެވެ.

މިއަދަކީ ބައިނަލް އަގްވާމީ މަންމައިންގެ ދުވަހަށް ވީ ހިނދު، ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދުންޔާ ވަނީ ކުރިއަށް އޮތް ދުވަސްތަކަކީ މަންމައަށް ބާއްޖަވެރި ދުވަސްތަކަކަށް އެދި ދުއާ ކުރައްވާފައެވެ

މީގެ އިތުރުން މަންމަގެ މުހިންމުކަމާ ބެހޭ ގޮތުން ގުރުއާނުގައިވާ އާޔަތެއް މާނަވެސް ދުންޔާގެ ކުރެއްވި ޓްވީޓުގައި ހިމަނުއްވާފައިވެއެވެ.

"އިންސާނާ އަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މައިބަނޑުޗުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ."

ދުންޔާގެ އިތުރުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ބަޔަކު ދަނީ މަންމައިންގެ ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.