1. ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފިމީހަކަށް ހުރީ ކޮން ސަވާބެއްތޯ؟

އެމީހެއްގެ މޫނު 70 ހާސް އަހަރުގެ ރާސްތާ އަށް ނަރަކައިން ދުރު ކުރައްވާނެކަމަށް ޙަދީޘް ގައި އައިސްފައިވޭ.

2. ރޯދައަށް ހުރެ އަނބިމީހާގެ ގައިގާ ބެއްދުން ނުވަތަ ބޮސްދީ ހެދުން ހުއްދަވާނެތޯ؟

ހުއްދަވާނެ.

3. ރޯދަ ވީއްލަންޖެހޭ ވަގުތަކީ ކޮބައިތޯ؟

އިރު އޮއްސުމުން.

4. އިމްސާކުގެ ވަގުތަކީ ކޮބައިތޯ؟

އިރު އޮއްސުމުން.

5. ރޯދަ ގެއްލޭ ކަންތައްތަކަކީ ކޮބައިތޯ؟

• ކެއުން ބުއިން.
• ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަންތައް
• ޖިމާޢު ވުން
• ގަޞްދުގައި މަނި ބޭރުކުރުން.
• ގަޞްދުގައި ހޮޑުލުން
• ޙައިޟު ނުވަތަ ނިފާސްގެ ލޭ ބޭރުވުން.

6. ރޯދަ ހިފުން ޙަރާމް ދުވަސްތަކަކީ ކޮބައިތޯ؟

• ދެޢީދު ދެދުވަސް
• އައްޔާމުއްތަޝްރީގް ތިން ދުވަސް

7. ރޯދައަށް ހުރެ ހަނދާންނެތި ކެވިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟

ރޯދަ ކުރިޔަށް ގެންދާނީ. ރޯދަ އެއް ނުގެއްލޭނެ.

8. ޙައިޟުވެރިޔާ އާއި، އިސްތިޙާޟާވެރިޔާގެ ރޯދައިގެ ޙުކުމަކީ ކޮބައިތޯ؟

ޙައިޟުވެރިޔާ ރޯދަ ހިފުމެއް ނެތް. ނަމަވެސް އިސްތިޙާޟާވެރިޔާ ރަމަޟާން މަހު ރޯދަ ހިފަން ޖެހޭނެ. ސުންނަތް ރޯދަ ވެސް ބޭނުންނަމަ ހިފިދާނެ.

9. ރަމަޟާން މަހު ކޮންމެ ރެއަކުވެސް ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުރުމަށް ނިޔަތް ގަންނަންޖެހޭނެތޯ؟

ރޯދަމަސް ފެށޭ ތަނުން މުޅި މައްސަރުގައި ރޯދަ ހިފުމަށް ނިޔަތް ގަނެވިދާނެއެވެ.

10. ސިނގިރޭޓުން ރޯދަ ވިލުން ހުއްދަވާނެތޯ؟

ރޯދަ ވިއްލުން ސުންނަތް ވެގެން ވަނީ ކަދުރުންނެވެ. ނުވަތަ ފެނުންނެވެ.

11. ޙައިޟުގެ ލޭ މަނާކުރުމުގެ ގޮތުން ބޭސް ބޭނުންކުރުމުން ރޯދަ ޞައްޙަވާނެތޯ؟

ބޭސް ބޭނުން ކުރުމުގެ ސަބަބުންނެއް ރޯދައިގެ ޞައްޙަ ކަމެއް ނާންނާނެ.

13. ލޮލަށް ނުވަތަ ކަންފަތަށް ބޭސްތިކި ޖެއްސުމުން ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

14. ގުލްކޯޒު އިންޖެކްޝަން ފަދަ ހަށިގަނޑުގެ ވަރުޖެހޭ އިންޖެކްޝަން ބޭނުންކުރުމުން ރޯދައަށް އަސަރުކުރާނެތޯ؟

ލައްބަ. އަޘަރު ކުރާނެ.

15. އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އަންހެނަކު ޙައިޟުވެއްޖެނަމަ ރޯދަ ގެއްލޭނެތޯ؟

އިރު އޮއްސުމުގެ ކުރިން ޙައިޟު ވެއްޖެނަމަ ރޯދަ ގެއްލޭނެ.

17. ބައްޔެގެ ސަބަބުން ކެއުން ބުއިން މަނާކުރެވިފައިވާ މީހާ ރޯދަ ހިފުން ވާޖިބުވާނެތޯ؟

އެފަދަ މީހާ ރޯދަ ދޫކޮށްލުމަށްފަހު ގަދަވީމާ ގަޟާ ކުރާނީ.

18. ރޯއަށް ހުރުމުން ވަރުބަލިވުމުގެ ސަބަބުން ކެއްނުކުރެވޭ މީހާ ފެން ފޮެދެއް ބޯލުމުން ރޯދަ ޞައްޙަވާނެތޯ؟

ރޯދަ ގެއްލޭނެ.

20. ރޯދަ ވީއްލާއިރު ސުރުފާމަތީގައި ކާބޯތަކެތި ގިނަވެ އިސްރާފު ވާނަމަ، ރޯދައިގެ ސަވާބަށް އުނިކަމެއް އަންނާނެތޯ؟

ނާންނާނެ.

21. ހާރުކާން އަދި ފަތިސްނަމާދަށްވެސް ހޭނުލެވިއްޖެނަމަ، އެދުވަހެއްގައި ރޯދައިގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

ރޯދަ ކުރިޔަށް ގެންދާނީ.

22. ނިފާސްކަމުގެ ލޭގެ މުއްދަތު ހަމަވެ، ނަމަވެސް ލޭ އަންނަ ނަމަވަ ރޯދަ ހިފުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

މުއްދަތު ހަމަވުމަށް ފަހުގައި ލޭ އަންނަ ނަމަ ބަލާނީ އިސްތިޙާޟާގެ ލޭކަމަށް.

23. ބައްޔެެއްގެ ސަބަބުން ރޯދަ ދޫކޮށްލާފައި ވަނިކޮށް، ޤަޟާނުކުރެވި ދުނިޔެ ދޫކޮށްފައިވާ މީހާގެ މަތިން ރޯދަ ހިފުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައެއްޔެއް ނަމަ، ޢާއިލާގެ މީހުން ރޯދަ ހިފައިދޭނީ. ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބައެއްޔެއް ނަމަ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީ.