މިދުވަސްވަރު މުޅި ސޯޝަލް މީޑިއާ ފަތަހަ ކުރަމުންދާ ބަތޮލާއަކީ ޕްރިޔަންކާ ޗޯޕްޅާއެވެ. އޭނާއަށް ތައުރީފުކުރާ މީހުންނާ މަލާމަތާ ހަޖޫޖަހާ މީހުން ތައްޔާރުކޮށް، ހިއްސާކުރަމުންދާ މީމްތަކުން މީމްއަކާ ކުރިމަތިލާން ނުޖެހި ސޯޝަލް މީޑިއާ ފީޑް ބަލާނުލެވެއޭވެސް ދެންނެވިދާނެއެވެ. އޭނާ އަޅައިގެން ހުރި ހެދުން ކަމު ނުދިޔަ މީހުންގެ އަދަދު ގިނަ ކަމުގައި ވީ ނަމަވެސް، ކޮންމެ މީހެއްގެ ސަމާލުކަން އެ ހެދުން ނުހޯދައެކޭވެސް ނުބެނެވޭނެއެވެ.

އިންޓަނެޓްގައި މިހާރު އެންމެ ނަންހިނގާ މި ހެދުމުގެ ހައްގުވެރިއަކީ މަޝްހޫރު ފެޝަން ލޭބަލް ޑީއޯއެވެ. ޑީއޯއިންވަނީ އެ ހެދުމަކާ ބެހޭ ގޮތުން މިހާރު މުޅި ދުނިޔެވެސް ވާހަކަ ދައްކަމުންދާ ޕީސީގެ "މޭޑްހެޓާ ގައުން"އާއި ބެހޭ ގޮތުން ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.

ސީދާ ޕްރިޔަންކާއަށް ހާއްސަކޮށްގެން މި ހެދުން ފަރުމާކޮށްދީފައިވަނީ ޑީއޯގެ ކްރިއޭޓިވް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރަމުންދާ އިޓަލީވިލާތުގެ ފަރުމާކުރުންތެރިޔާ މާރިއާ ގްރާޒިއާ ޗިއޫރީއެވެ.

މަޝްހޫރު ބަތޮލާ ޕްރޮޔަންކާ ޗޯޕްޅާގެ މެޓްގާލަ ގައުން ފަރުމާ ކުރުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ޑީއޯ

މަޑު ދޫނިފަތާ އެންމެ އަގުބޮޑު ޓޫލީ ނެޓް ފޮތީގެ އިހުސާސްތައް ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ހެދުމަކީ، 80 އަހަރުތަކުގެ ޓީވީ ޝޯތަކަށް ހާއްސަކުރެވުނު ހެދުމެކެވެ. ޑީއޯއިންވަނީ މި ހެދުން ތައްޔަރުކުރި މަންޒަރުތައް ހިމަނައިގެން އެ ލޭބަލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯއް އާންމުކޮށްފައެވެ.

ރިހިކުލައަކުން ޖަރީވާ ގޮތަށް ފަރުމާކޮށްފައިވާ މި ހެދުން ތައްޔާރުކޮށްފައިވަނީ އަހުގެ ނިގުލާ ކަނދުރާ މައްޗަށް ވާގޮތަށް އޮންނަ ކެހިރިގަނޑު ބޭނުންކޮށްގެންވެ. މި ހެދުމުގެ ފަރުމާއާއި ގުޅުންހުރި ހުރިހާ ކަމެއް ކޮށް ނިންމާލާފައިވަނީ ގާތްގަނޑަކަށް 1500 ގަޑިއިރުގެ މަސައްކަތުންނެވެ.