ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫ އަލުން ފެށުމާގުޅޭގޮތުން ފިނޭންސް މިނިސްޓާ އިބްރާހިމް އަމީރު ސައުދީ ފަންޑާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލު ވުމާގުޅޭގޮތުން އަދި ފިނޭންސް މިނިސްޓްރީން މައުލޫމާތު އާންމު ކުރައްވާފައެއް ނުވެއެވެ. ސައުދީ ފަންޑުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓާ ހާލިދު ބިން ސުލައިމާނެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައިވާ އެންމެ ބޮޑު އެއް މަޝަރޫ ކަމުގައިވާ އެއާޕޯޓު ތަރައްގި ކުރުމުގެ މަޝްރޫ ގެ ތެރެއިން އާ ރަންވޭ އެއް ގާއިމްކޮށް ޔާމީން ސަރުކާރުގެ ފަހުކޮޅުގައިވަނީ މި ރަންވޭ ހުޅުވައި ބޭނުން ކުރަން ފައްޓަވާފައެވެ.

އަދި މި މަޝްރޫގެ ތެރއިން މިހާރު އެންމެ ބޮޑުކަމަކަށް ކުރަމުން ދަނީ ފަސިންޖާ ޓާމިންލްގެ މަސަތްކަތެވެ. މި މަސަތްކަތް ކުރަމުން ދަނީ ސައުދި އަރަބިއާގެ ބިއްލާދިން ގްރޫޕާ ހަވާލްކޮށްގެނެވެ. ބިއްލާދިން ގުރޫޕުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަސިންޖާ ޓާމިނަލްގެ މަސަތްކަތް މަޑު ޖައްސާލައިފައެވެ. ނަމަވެސް މި ސަރުކާރުގެ ތެރޭގައި ވަނީ މަޑުޖެހިފައި އޮތް ފަސިންޖާ ޓާމިނަލް ގެ މަސަތްކަތް އަލުން ފެށުމަށް ސައުދީ ސަރުކާރާ ބިއްލާދިން ގުރޫޕާ ދެމެދު ވާހަކަ ތަކެއް ދެކެވިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހަރަދު ކުރަމުންދަނީ ސައުދީ، ކުވެއިތް، އަބޫދާބީ ފަންޑު އަދި ކުވެއިތް ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.