ބޮލީވުޑްގެ ތަރިންނަކީ ޒަމާނީ ފަރުމާތަކުގެ ބާނީން ކަމުގައިވާއިރު މި ލިސްޓުގައި އެންމެ ކުރި ހޯދާފައިވާ އެކަކީ ރަންވީރު ސިން ކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.

އާދަޔާ ހިލާފު ފަރުމާތަކުގެ ހެދުންތައް ތަޖުރިބާކުރުމުގައި ރަންވީރު ވަރެއް ހަމަ ނެތޭވެސް ދެންނެވިދާނެއެވެ. މިގޮތުން އެންމެ ފަހުން އޭނާ ހިއްސާކުރި އެއް ފަރުމާއާއެކު ގިނަ ބައެއްގެ ހަނދާނަށް އައީ ގޯވިންދާއެވެ.

90 އަހަރުތަކުގައި ބޮލީވުޑް ގުގުމާލި ސުޕާސްޓާ ގޯވިންދާގެ ފެޝަނާ ރަންވީރުގެ ފެޝަން ފަރުމާތަކުގައި އެއް ގޮތްކަމެއް ހުންނަ ކަމަށް ގިނަ ބަޔަކު މިއަދު އިއްތިފާގުވަނީވެސް މި ފޮޓޯގެ ސަބަބުންނެވެ.

ރަންވީރު ސިންހް ހިޔާރުކުރާ ފެޝަނަކީ، އެއުމުރުގެ އެހެން އެއްވެސް ތަރިއަކަށް ލާން ކެރޭނެ ވަރުގެ ފަރުމާތަކެއް ނޫންކަމަށް މުޅި ފެޝަން ދުނިޔެވެސް އެއްބަސްވެއެވެ.