އުރީދޫއިން ފޯއްމުލަކުގައި ގާއިމްކޮށްފައިވާ ފައިބާ އޮޕްޓިކް ނެޓްވޯކް މެދުވެރިކޮށް ފޯއްމުލަކަށް ސުޕަނެޓުގެ ހިދުމަތް ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިއަދު ހަވީރު އުރީދޫގެ ފަރާތުން ފޯއްމުލަކުގައި ބޭއްވި މާހެފުމުގެ ތެރެއިންނެވެ.
ފުވައްމުލަކު ސިޓީގައި ސުޕަނެޓްގެ ހިދުމަތް ރަނގަޅު އަގުތަކެއްގައި ދޭނޭ ކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން 5 ޖޫން ގެ ކުރިން މި ހިދުމަތް ނަގާ ފަރާތްތަކަށް ހާއްސަ އޮފާ ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫއިން ބުނެއެވެ.
އެގޮތުން މި އޮފާ ތަކުގެ ތެރޭގައި ކޮންމެ ޕެކޭޖެއް ހިޔާރު ކުރި ކަމުގައި ވިއަސް، ހަމަސް ދުވަހުގެ މުއްދަތަށް މަދުވެގެން 20 އެމްބީޕީއެސް ޕްކޭޖުގެ ސްޕީޑު ފޯރުކޮށް ދިނުން އަދި ހަމަސް ދުވަހުގެ މުއްދަތަށް އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.
އުރީދޫއިން ވަނީ 2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާ ހަމަޔަސް ޕެކޭޖްތައް ތައާރަފް ކޮށްފައެވެ.
އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަނެޓް ޓާރބޯ އާއި ދިގު މުއްދަތަކަށް ޙިދުމަތް ހިޔާރު ކުރުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތަށް ލިބޭ ސޭވަރ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭނުންތެރި އީޖާދީ ހިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.