ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ މެދެ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާވީ އެޖެންޓާއި މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ހިމެނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓަކާިއ ޕީޕީއެމް ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓުންނާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އަދާލަތު ޕާޓީ ގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އެމްޓީޑީ ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެކެވެ.

ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނެވެ.

މިދިޔަ އަހަރު އިސްލާހު ގެނެވުނު، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ވާގޮތުން ނަމަ މާލީބަޔާން ހުށަހަނާޅާ ކެންޑިޑޭޓުން 6 ހާސް ރުފިޔާއާ 24 ހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ނުވަތަ ހަމަހާ ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވިދާނެއެވެ.