ރައްޔިތުން މަޖިލިސް އިންތިހާބުގެ މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓަކާިއ ޕީޕީއެމް ގެ ފަރާތުން ކުރިމަތިލި 2 ކެނޑިޑޭޓުންނާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އަދާލަތު ޕާޓީ ގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އެމްޓީޑީ ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅައިފައި ނުވެއެވެ.

ނަަމަވެސް އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި ޑީއާރުޕީގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން މާލީބަޔާން ހުށައަޅައިފައި ވާކަމަށް އީސީން ބުނެއެވެ.

މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވާއިރު މާލީ ބަޔާން ހުށަނާޅާ ހުރިހާ ކެންޑިޑޭޓުންނަށް މުއްދަތު އިތުރުކޮށްދިނުމުގެ ބާރު އީސީއަށް ލިބިގެން ނުވާކަމަށާ މާލީބަޔާން ހުށަހަޅައިފައި ނުވާ ހުރިހާ ކެންޑޭޓުންގެ މައްސަލަ ކަމާބެހޭ ވުޒާރާތަކަށް ހުށަހަޅާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

މިދިޔަ އަހަރު އިސްލާހު ގެނެވުނު، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ވާގޮތުންނަމަ މާލީބަޔާން ހުށަހަނާޅާ ކެނޑިޑޭޓުން 6000 ރުފިޔާއާ 24 ހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ނުވަތަ ހަމަހާ ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވިދާނެއެވެ.