ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފުރަތަމަ މަތީ މަޖިލީސް ނިންމަވަމުން ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަދި މިހާރު މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދެވުމަށް މަސައްކަތް ކުރައްވާ މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވެއްޖެއެވެ. އަދުރޭ ވިދާޅުވީ އާރާ ބާރުގައި އަދި ޝާނާ ޝައުކަތުގައި ވެރިކަން ކުރެއްވި ބޭފުޅަކު ޕާޓީއެއް އުފައްދަވަން އުޅުއްވާތާ މިހާރު ފަސް ހަމަސް ވީ ކަމަށާ އަދިވެސް ގާނޫނީ އަދަދަށް މީހުން ހަމަކޮށް ނުލެއްވޭ ކަމަށެވެ.
ރައީސް މައުމޫނުގެ ނަންފުޅު ނުގަނެ އަދުރޭ މައުމޫނަށް ފާޑު ވިދާޅުވީ ޕީއެންސީ އުފެއްދި އިރު، އެ ޕާޓީ އުފެއްދުމަށް ބޭނުންވާ ގާނޫނީ އަދަދު 24 ގަޑިއިރުތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހަމަ ކުރެއްވި ކަމަށާ އެއީ ރައީސް ޔާމީނުގެ ހިދުމަތުގެ އަގު ރައްޔިތުން ވަޒަން ކުރި ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. އަދުރޭ މިވާހަކަ ދެއްކެވީ ރައީސް ޔާމީނާއި ރައީސް މައުނޫނު އަޅާ ކިޔުއްވުމުގެ މޭރުމެއްގައެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އެޕާޓީއެއްގެ ރައީސް ކަން ޔާމީނު ކުރައްވާ ޕީޕީއެމަކީވެސް ރައީސް ޔާމީނުގެ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީވެސް، އަދި ކުރީގެ ޑީއާރުޕީއާއި ޕީއޭ އުފެއްދެމުގައިވެސް އިސްކޮށް ހުންނެވީ ރައީސް ޔާމީނު ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ އިތުރަށް ވިދާޅުވީ އެޕާޓީއެއްގެ ރައީސްކަން އަދުރޭ ކުރައްވާ ޕީއެންސީ އަކީ އޭނާގެ ޕާޓީއެއް ނޫން ކަމަށާ އެއީ ރައީސް ޔާމީނުގެ ޕާޓީއެއް ކަމަށެވެ. އަދި އަބަދުވެސް ޕީއެންސީ އޮންނާނީ ރައީސް ޔާމީނު ވިދާޅުވާ ގޮތަކަށް ކަމަށާ ރައީސް ޔާމީނާ އެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގައި ރައީސަކާއި، ހަތަރު ނައިބު ރައީސުންގެ އިތުރުން މަޝްވަރާ މަޖިލީހެއް އޮވެއެވެ.
މައުމޫނަކީ ކާކު؟ ކޮންއެއްޗެއް؟ މިހާރު މިތާވާއެޗަކަށްވުރެ ބޮޑަށް ނުވާ އެއްޗެއް.