ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ޑްރިލް ސްކޮޮޑްގެ ހެވިކަން ދައްކާލުން މާދަމާ ޖުމުހޫރީ މައިދާނުގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:45 ގައި ޖުމުހޫރީމައިދާނުގައި ކަމަށެވެ. ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މާލެއާއި ހުޅުމާލެ ވަނީ ހެވިކަން ދައްކާލާފައެވެ. އަދި މިއަދު ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ވިލިމާލޭގައި ބާއްވާ ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި މިއަދު ހަވީރު 4:45 ގައެވެ.

އެމްއެންޑީއެފް ޑްރިލް ސްކޮޑުން ހުށަހަޅައިދޭ ޑްރިލް ޑިސްޕްލޭއަކީ އެއްވެސް ކޮމާންޑެއް ނެތި ހުށަހަޅައިދޭ ހެވިކަމުގެ ހަރަކާތްތަކެކެވެ.

އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ މުއައްސަސާއިން އަންނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މާލެ ސިޓީގައި ސިފައިންގެ ޝަރަފުގެ ހިނގާލުމެއް ބާއްވާ، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލާފައިިވެއެވެ. އަދި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން 23 ވަނަ ސިފައިންގެ ފޮޓޯ މައުރަޒާއި ކުޑަކުދިންގެ ހަވީރެއް ހުޅުމާލެ ރެހެންދި ސްކޫލް ގައި ބާއްވާފައިިވެއެވެ.