އުރީދޫ މޯލްޑިވްސް އިން މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ހާއްސަ ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އުރީދޫން އިން ބުނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންގެ ތެރެއިން ޕަބްޖީ ގޭމް ކުޅޭ ކަސްޓަމަރުންނަށް ހާއްސަ ތިން ޕެކޭޖެއް މިއަދު ތައާރަފްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ޕަބްޖީ 50 އަދި ޕަބްޖީ 100 ގެ އިތުރުން ޕަްޖީ އަންލިމިޓެޑް ހމެނެއެވެ.

  • ޕަބްޖީ 50 – 50 ރުފިޔާގެ އެލަވަންސެއް ދައްކަން ޖެހޭ މި ޕެކޭޖްގެ މުއްދަތަކީ 7 ދުވަސްކަމަށް އުރީދުން ބުނާއިރު މި ޕެކޭޖް މެދުވެރިކޮށް 1 ޖީބީ ހިލޭ ޑޭޓާ ލިބެއެވެ.
  • ޕަބްޖީ 100 – 100 ރުފިޔާގެ އެލަވަންސެއް ދައްކަންޖެހޭ މި ޕެކޭޖުގެ މުއްދަތަކީ 30 ދުވަހެވެ. އަދި ޕެކޭޖް މެދުވެރިކޮށް 2 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
  • ޕަބްޖީ އަންލިމިޓެޑް – 250 ރުފިޔާގެ އެލަވަންސެއް ދައްކަންޖެހޭ މި ޕެކޭޖުގެ މުއްދަތަކީ 30 ދުވަހެވެ. އަދި މި ޕެކޭޖުން އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

"ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަގްބޫލުކަން ހޯދާފައިވާ އެއް ގޭމު. އަދި މި ގޭމު ކުޅުމުގައި، އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދޭ. އުރީދޫގެ 4ޖީ+ ނެޓްވޯކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތައް އެހީތެރިވެ، އެކުވެރިންނާ އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭ." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އަކީ އެ ކުންފުނީގެ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށް، ތަފާތު އެތައް ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. އުރީދޫ އިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ހިދުމަތްތަކާއި ޓެކްނޮލޮޖީތަކާއި ގުޅުވާލަދީ، ޑިޖިޓަލް ހަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން މަގުފަހިކޮށްދިނުން ކަމަށެވެ.