ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު 6 ގެ އަލުން މަރާމާތުކޮށް އަލުން މީހުން ދިރިއުޅެން ފަށައިފައިވާކަމަށް ފޮންދޫ ކައުންސިލުން ބުނެފިއެވެ. ފޮނަދޫ ކައުންސިލުން ބުނީ ނަގޫރޯޅި އަރައި ވެއްޓުނު ގަސްތައް ސާފުކުރުގެ މަސަތްކަތް 24 ގަޑިއރުތެރޭ ނިމިފައިވާކަމަށެވެ.

މި ހާދިސާގައި 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ރެއެއިން ބޮޑަށް ގެއްލުންވި 6 ގެ މަރާމާތު ކޮށްފައިވަނީ އެން.ޑީ.އެމް.ސީ، ރަށު ކައުންސިލް، އެމް.އެން.ޑީ.އެފް އަދި ރަށު ކައުންސިލުން ބައިވެރިވެގެން ކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނި ހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ނަގޫރޯޅީގެ ސަބަބުން ވަނީ ފޮނަދޫގައި ހުރި ބައެއް ބޮޑެތި ގަސްތައް ވެއްޓުމާއި، ގެތަކުގެ ފުރާޅު އެއްލާލުން ފަދަ ހާދިސާ ހިނގައިފައެވެ. ނަގޫ ރޯޅި އަރާފައިވަނީ ފޮނަދޫ ބަރާސިލް އަވަށަށެވެ. މިހާރު ރަށް އާންމު ހާލަކަށް އެޅުވިފައިވާކަމަށް ފޮނަދޫ ކައުންސިލުން ބުނޭ.