ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމުގެ މަގަސަދުގައި ރައީސް އިބަރާހިމް މުހައްމަދު ސޯލިހް ފެއްޓެވި ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމްގެ ދަށުން އުފެއްދި ސްޕޯޓްސް ކައުންސިލްގެ އަމަލީ މަސަތްކަތްތަށް އަތޮޅުތެރޭގައި ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އުފާވެރި މަންޒަރެއް ކަމަށެވެ. މީގެ އިތުރުން މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ފާހަގަ ކުރައްވާފައިވަނީ "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުޅިވަރު ފެސްޓިވަލެކެވެ.

ސްޕޯޓް ކައުންސިލަކީ ދިވެހިރާއްޖޭގައި ކުޅިވަރުގެ ކަންކަން ކުރިއެރުވުމަށް ރައީސް ސޯލިހްގެ އެކުލަވާލެއްވި ކައުންސިލެކެވެ. އެގޮތުން ކައުންސިލުން ފުރަތަމަ ކޮށްފައިވާ މަސަތްކަތަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކާ އުސޫލުތައް ހެދުމެވެ.