އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، މިއަދު މެންދުރު 2:30 ގައި އެކްސިޑެންޓެއް ވެގެން އަންހެނަކާއި ފިރިހެނެއް ގެނެސްފައިވާ ކަމަށާއި، ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ހާލު ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި އެކްސިޑެންޓްގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މި އެކްސިޑެންޓްގައި މަރުވެފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. މަރުވެފައިވާ މީހާއަކީ ވެމްކޯގެ އައްޑޫ ބްރާންޗްގެ އައިޓީ މެނޭޖަރެވެ.

މި އެކްސިޑެންޓު ހިނގީ ލިންކު ރޯޑު ކުނިކޮށި ސަރަހައްދުގައި ގާއިމްކޮށްފައިހުރި ވެމްކޯ އޮފީހަށް ވަންނަން އުޅުނު ސައިކަލުގައި އަނެއް ފަރާތުން ދުއްވާފައި އައި ވޭނެއްގައި ޖެހިގެންނެވެ.