ކ. ގުޅީ ކުނި ގޮނޑުގައި ރޯކުރި އަލިފާންގަނޑުު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އަލިފާން ގަނޑު ވަރަށް ގަދައަށް އަނަދަމުން ދާކަމަށެވެ. އަދި އެ ސަރަހައްދުން އަރާ ވަހާއި ދުމުގެ އަސަރު ރަށުތެރެއަށް ވެސް މިހާރު ފޯރާފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ގުޅީ ރައްޔިތުން ގުޅިގެން ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މަސައްކަތުގައި އެ ރަށާ ކައިރީގައި އޮންނަ އަނަންތަރާ ރިސޯޓުގެ ފަޔާ ފައިޓަރުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ފުލުހުން ބުނެއެވެ.