ސްރީލަންކާގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ދެހިވަލާގައި ދާދި ދެންމެއަކު ބޮމުގެ ހަމަލާއެއް ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބޮމުގެ ހަމަލާ ދީފައިވަނީ ދެހިވަލަ ޒޫލޮޖިކަލް ގާޑަން ކުރިމަތިން ވާ ކަހަލަ ގޮތަކަށް ހުންނަ ހޮޓަލެއްގައެވެ.

ދެހިވަލައިން ދެވަނަ ގޮވުމެއްގެ އަޑުވެސް އިވިފައިވާކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި އާއިލާއަކުން ވަނީ ދަ ޕްރެސްއަށް ކިއާދީފައެވެ.

ދެހިވަލާގައި ދިވެހިން ދިރިއުޅޭ ސަރަހައްދުގެ މަގުތައް ހަލަބޮލިވެފައިވާއިރު، ދިވެހިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.