ދިރާގުންވަނީ ލަންކާ އަށް ގުޅޭއަގު މިނެޓަކު 1 ރުފިޔާގެ ރޭޓަށް ކުޑަކޮށްފައެވެ. ދިރާގުގެ ކަސްޓަމަރުން މިރޭޓުގައި ލަންކާއަށް ގުޅުމަށް ކަނޑައަޅާފައިވާ ކޯޑް 019 ބޭނުންކުރަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

އުރީދޫ އަދި ދިރާގުން ވެސް ވަނީ މިހާރު ލަންކާގައި ހިނގަމުން ދާ ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން ދިވެހި ރާއްޖޭގައި ތިބި ލަންކާގައި ދިރިއުޅެމުންދާ މީހުންގެ އާއިލާތަކަށް ރާއްޖެއިން ވީހާވެސް ފަސޭހައިން ގުޅޭނެ ގޮތް ހަދާފައެވެ.

ސްރީލަންކާގައި ބޮމުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައިވާ އިރު މިހާތަނަށް 160 މީހުން މަރުވެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ 3 ޗާޗެއްގެ އިތުރުން 3 ހޮޓަލަކަށެވެ. އެގޮތުން ހަމަލާ ދީފާއިވާ ތަންތަނަކީ ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް، ބައްޓިކަލޯ ޗާޗްގެ އިތުރުން ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ޝަންގްރިލާ ހޮޓެލް ކަމަށް މީޑިއާތަކުން ބުނެއެވެ. މި ހަމަލާ ތަކުގައި އެވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައެއެއް ނުވެއެވެ.