ލަންކާ، މެލޭޝިއާ އަދި އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދިނުމަށް ތައާރަފްކުރި މެރަން ސްކީމާމެދު ލަންކާގައި ދިރިއުޅެމުންދާ ދިވެހިން ނުރުހުން ފާޅުކޮށް ހަޅުތާލު ހިންގައިފިއެވެ.

ލަންކާގައި ދިރިއުޅެމުންދާ ދިވެހީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރޭގައި ދިވެހީން ނުރުހުން ފާޅު ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގެ ތެރޭގައި އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގާ ލަންކާގައި ދިރިއުޅެމުންދާ ގިނަ ދިވެހިންތަކެއް ބައިވެރިވި، މެރަނަ ސްކީމާ ގުޅޭގޮތުން މައުލޫމާތުދޭ ސްކީމާއި މެދު ހިތްހަމަ ނުޖެހި ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

މިކަމާއި ގުޅިގެން އާސަންދައިން ބުނީ މެރަނަ ސްކީމާ ގުޅޭ އިތުރު މައުލޫމާތެއް އާންމު ކުރެވެން އޮންނާނީ ލަންކާގައި ތިބި ދިވެހީނަށް މެރަނަ ސްކީމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދިޔަ އާސަންދައިގެ ޓީމް އެނބުރި އައުމުން ކަމަށެވެ.

މެރަނަ ސްކީމަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ މާލީ އެހީ ލިބިގެންދާ ސްކީމެކެވެ. މެރަނާ ސްކީމްގެ ދަށުން ކޮންމެ މެރަނަ ސްކީމްގެ ބައިވެރިއަކަށް، ޖުމްލަ ކަވަރޭޖް އެއްގެ ގޮތުގައި ލިބިގެންދާނީ 150،000 ރުފިޔާ ނަމަވެސް އެނދުމަތި ނުކޮށް ބޭސްފަރުވާ ކުރާ ކޮންމެ ފަރާތަކަށްވެސް ލިބިގެން ދަނީ 10،000 ރުފިޔާގެ ބޭސްފަރުވާ އެވެ. އަދި އެނދުމަތިކޮށްގެން ބޭސްފަރުވާ ކުރަންޖެހޭ ފަރާތްތަކަށް މެރަނަ ސްކީމުގެ ޖުމްލަ ކަވަރޭޖް ވަނީ ދިނުމަށް ހަމަޖެހިފައެވެ.

ދިވެހި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ރައްޔިރުންނަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅުޅެކެވެ.