ބޮލީވުޑްގެ ރަން ތަރިންގެ ލިސްޓުގައި ގުނާލެވޭ އަބީޝޭކް ބައްޗަންއާއި އޭނާގެ އާއިލާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ހާމަކޮށްފިއެވެ.

އަބީޝޭކްގެ އަންހެނުން އަދި ބޮލީވުޑްގެ ރީތީގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އައިޝްވާރިޔާ ރާއީ ބައްޗަން ވަނީ، "މޯލްޑިވްސް" މިހެން ޖެހުމަށްފަހު އިންސްޓަގްރާމް ޕޯސްޓެއްކޮށްފައެވެ. އަދި ލޮކޭޝަންގެ ގޮތުގައި، ނިޔާމަ ޕްރައިވެޓް އައިލަންޑްސް ޓެގްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާވެސް ދާދިފަހުން ވަނީ އޭނާގެ އާއިލާއާއިއެކު ނިޔާމަ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައެވެ.

އައިޝްވާރިޔާ ރާއީއާއި އަބީޝޭކް ބައްޗަންގެ އިތުރުން ދަރިފުޅު އަރަދްޔާ ބައްޗަންވެސް މިވަގުތު ތިބީ ރާއްޖޭގައެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު، މިއަހަރުގެ ފަހުކޮޅު އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށުމުގެ ބޮޑު ޔަގީންކަމެއް އައިޝްވާރިޔާ ވަނީ ދީފައެވެ.