ސީލައިފް މައްސަލައާ ގުޅިގެން، އަހުމަދު މޫސާ ހޯދުމަށް ރެޑް ނޯޓިހަށް އެދިއްޖެއެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެންމެފަހުން ރިކުއެސްޓް ކޮށްފައި ވާނީ ވ. ތިނަދޫ ރެޑް ހައުސް އަހުމަދު މޫސާ ހޯދުމަށް ރެޑްނޯޓިސް ނެރެދިނުމަށް ކަމަށެވެ. އަދި އެ ނޯޓިސް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުގެ ޓްވީޓުގައި ވިދާޅުވީ ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓްތަކުގެ އެހީއާއެކު މީހެއް ހޯދުމަށް ނެރޭ ނޯޓިސްއެއް ކަމަށެވެ.

އަހުމަދު މޫސާގެ މައްޗަށް ރެޑް ނޯޓިސް ނެރުމަށް އެދިފައިވާ މައްސަލައަކީ އެޗްޑީސީ އާއި ސީލައިފާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް، ސީ ލައިފާ ހަވާލު ކުރުމުން އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިން ޔުނިޓްތައް އަޅައިނުދީ މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.