ދަރިވަރުންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ސައިރިކްސް ކޮލެޖުން 2018 ވަނަ އަހަރު ތައާރަފް ކުރި ކެމްޕޭން "ރައްޔިތެއް، ސިޔާސީ މީހެއް ނޫން" ސިލްސިލާގެ މިއަހަރުގެ ހަރަކާތްތައް މިއަދު އިފްތިތާޙު ކޮށްފިއެވެ. މިއަހަރުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ރަނގަޅު ސުލޫކެއް އަށަގެންނެވުމަށް ބޭނުންވާ ކަންތައްތަކެވެ.

ސައިރިކްސް ކޮލެޖްގެ ޑީން އޮފް ސްޓޫޑެންޓްސް އަނިލް އާދަމް، ވިދާޅުވި ގޮތުގައި މި އަހަރުގެ ކެމްޕޭނުގައި މިފަދަ ގިނަ ކަންތައްތަކަށް ފޯކަސް ކުރެވި ދަރިވަރުންނާއި ދިވެހި ޒުވާން ޖީލުގެ އެންމެހާ ފަރުދުން ހޭލުންތެރި ކުރުވުމަށް ސޯޝަލް މީޑިއާގައި މިކެމްޕޭން ޕްރޮމޯޓްކުރުމުގެ އިތުރުން މި ކަންތައްތަކާއި ބެހޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

https://www.facebook.com/cyryxcollege/videos/435288247236451/

މި އަހަރުގެ މި ކެމްޕޭނުގެ ފުރަތަމަ ސިލްސިލާއެއްގެ ގޮތުގައި ހިނިތުންވުމުގެ މުހިއްމު ކަމާއި ބެހޭ ވީޑިއޯއެއް ސައިރިކްސް ކޮލެޖްގެ ފޭސްބުކްގައި ވަނީ ލޯންޗްކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ރަނގަޅު ތަޢްލީމެއްގެ ބޭނުމަކީ ޤާބިލް ފަރުދަކަށް ވުން ކަމާއި ޤާބިލު ކަމަކީ ހަމައެކަނި އިލްމެއް ލިބުމެއް ނޫން ކަމާއި ރަނގަޅު ސުލޫކެއް ލިބުމަކީ ޤާބިލު ކަމުގެ ހެއްކެއް ކަމުގައި ދައްކަދެއެވެ. އަދި ހިނިތުންވުމަކީ ސުލޫކު ރަނގަޅު އިންސާނަކަށް ވުމަށް މުހިއްމު ކަމެއް ކަމަށް ދައްކައެެވެ.

ސައިރިކްސް ކޮލެޖުން ބުނިގޮތުގައި އެކޮލެޖުން މަސައްކަތް ކުރަނީ ޒިންމާދާރު ތަޢްލީމީ މުއައްސަސާއެއްގެ ހައިސިއްޔަތުން ދިވެހި ފަރުދުން ބިނާކުރުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭ ކޮލެޖެއްގެ ގޮތުގައި އިސްނަގާށެވެ. އަދި ސައިރިކްސް ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ އިލްމީ ރަނގަޅު އަހުލާގެއްގެ ރައްޔިތުންތަކެއްގެ އިތުރުން ހިކްމަތްތެރި ދަރިވަރުންތަކަށް ހެދުމަށެވެ.