ހިޔާނަތާއި މަރުގެ މައްސަލަތައް ބެލޭނީ މަސްލަހަތު ފުށު އެރުމެއް ނެތް ބަޔަކަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ދިޔާނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، އެ މައްސަލަ ތަހުގީގު ކުރަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފައިސާގެ ނުފޫޒު ވަދެފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ރިޟްވާނުގެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ އަތެއް އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. އެހެން ކަމުން އެ މައްސަލަތަކުގައި ބެލުމަށް މަސްލަހަތު ފުށު އެރުމެއް ނެތް ބަޔަކު ތިބުން މުހިންމު ކަމަށާއި އެއީ ރިޔާސީ ކޮމިޝަން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މިހާރު ހުރި ކޮމިޝަން ތަކަށް ފައިސާގެ ނުފޫޒު ވަނަސް 'ފަސޭހަ ރަހުމަތެއްގައި' އެ ކޮމިޝަންތައް ބަދަލު ކުރެވެން ނޯންނަ ކަމަށެވެ. އެކަމަކު ރިޔާސީ ކޮމިޝަން ގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އެފެދިއްޖެ މަނަ ފަސޭހައިން އެކަން ހައްލު ކުރެވިދާނެ ކަމަށެވެ. އަދި އެހެން ކަމުން ރިޔާސީ ކޮމިޝަންގެ އިތުބާރު މާ ބޮޑު ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރަން ޖެހޭ ކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ރިޔާސީ ކޮމިޝަނަށް ބާރު ލިބެން ޖެހޭ ކަމަށާއި އެ ކޮމިޝަން ތަކަކީ ކަނޑައެޅޭ ހާއްސަ ކަންކަން ބެލުމަށް އުމުރެއް އެކަށަ އެޅިފައިވާ އެއްޗެއް ކަން ދިޔާނާ ފާހަގަ ކުރައްވާފައި ވެއެވެ.
ގޮތް ނޭނގޭ މަރުތަކާއި ވިނުވީ އެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށާ، ކޮރަޕްޝަން ގެ މައްސަލަ ތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ.