ރޭ 23:32 ހާއިރު ފަތަހަ ސުންބުލި ކައިރިން ފޭރެން އުޅުނު ދެމީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަންޒަރު ދުއް ދެ ފުލުހަކާ ހަވާލާދީ ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާ ތަކަކާ އެކު ސައިކަލެއްގައި ދިޔަ މީހަކު، ހެލްމެޓް އަޅައިގެން ސައިކަލެއްގައި އައި ދެމީހަކު އެ ސައިކަލުގެ ކުރިމައްޗަށް ސައިކަލު ހުއްޓުވާ ފައިސާތައް ފޭރެން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެ ސަރަހައްދުގައި އޭރު ހަރަކާތްތެރިވި ދެ ފުލުހުންވަނީ އެކަން ހުއްޓުވާފައެވެ.

އަދި ފުލުހުން ބުނީ އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ނަމަވެސް އަނެއް މީހާ އެތަނުން ފިލާފައިވާކަމަށެވެ. މި މައްސަލައިގާ ފުލުހުން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.