މަޖީދީމަގު ކެމްޕަސް ކައިރީ ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 19:38 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ފުލުހުން ބުނި ގޮތުގައި އަލިފާން ރޯވީ ކާރުގެ ހެޑްލައިޓްގައެވެ.

ޓްރެފިކް ޕޮލިހުގެ އެހީތެރިކަމާއެކު އަލިފާން ރޯވި ކާރު މިހާރު އިންޑަސްޓްރިއަލް ޒޯނަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.