ހއ. ފިއްލަދޫ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިއަދު ބޭއްވި އެ ކައުންސިލްގެ ބައި އިލްކެޝަން އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނޭ ތިން މެންބަރުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖައުފަރާއި ކައުންސިލަރު މުހައްމަދު ނާފިއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއަދު ބޭއްވި ފިއްލަދޫ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒަށް 352 ވޯޓު ލިބުނު އިރު، ދެން ވާދަކުރި އެ ޕާޓީގެ އަނެއް ކެންޑިޑޭޓު މުހައްމަދު ޝިޔާދަށް ލިބުނީ 289 ވޯޓެވެ. ދެ ކެންޑިޑޭޓުންނާ ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނެވެ. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު މޫސާ އަށް ލިބުނީ 283 ވޯޓެވެ. އަދި މަރިޔަމް ޒޫނާ އަށް ލިބުނީ 184 ވޯޓެވެ.

1118 މީހުންގެ އާބާދީއެއް އޮންނަ ފިއްލަދޫގައި 783 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ 575 މީހުންނެވެ.