ސްޓާރާޑް ކުންފުނިން ހިންގަމުން އަންނަ ނިއުޕޯޓުގެ ހަތަރު ތަނެއް ބަންދުކުރުމަށް އެންގި އެންގުމާއި ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމަށްފަހު ތިން ތަނެއްގެ މައްސަލައިގައި ޑިސްޕިއުޓް ރިޒޮލިއުޝަނަކުން އެއްބަސްވުން ބާތިލް ނުކުރުމަށް ނިންމައިފިއެވެ.
ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ޒާހިދު ބުނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވަގުތުން ނިއުޕޯޓުގެ ނަމުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ހިންގަމުންދާ ތަންތަން ބަންދުކުރުމަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި މިއީ ޕްލޭނިން މިނިސްޓްރީއާއި އެސްޓީއޯގެ ބިޑް ކާމިޔާބުކޮށްގެން ހިންގަމުންދާ ތަންތަން ކަމަށް ޒާހިދު ބުންޏެވެ. އަދި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާ އޭގެ ތެރެއިން ތިން ތަނެއްގެ މައްސަލަ ނިއުޕޯޓަށް ކާމިޔާބު ކުރެވިފައިވާ ކަމަށާއި، ނުނިމި އޮތީ ރާޅުގަނޑު ސަރަހައްދުގައި ހަދާފައިިވާ ބްރިޖް ވިއުއިން ޕްލެޓް ފޯމް ކަމަށް އޭނާ ބުނެއެވެ.
ސިވިލް ކޯޓުން ބުނީ ސްޓާރާޑާ ކުންފުނިން ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން އިން ނިންމާ، އެ މައްސަލައިގައި ހިމެނޭ އެސްޓީއޯއާއި ސްޓްރާޑާ އިން އެއްބަސްވުން ބާތިލް ނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން އަކީ ދައުވާ ކުރުމުން، ދައުވާގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް، ސުލްހަވެރި ހައްލެއް ފެނޭތޯ ބެލުމުގެ މަސައްކަތްކުރުމެވެ. އެގޮތުން ދައުވާގައި ހިމެނޭ ފަރާތްތަކުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ އެއްބަސްވި ގޮތުގެ މައްޗަށް ހުކުމް ކުރާނެއެވެ. އަދި ސުލްހަވެރި ހައްލަކަށް ނާދެވިއްޖެނަމަ، ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް، ޝަރީއަތް ކުރާ ޑިވިޝަނަށް ފޮނުވުމުން، އެޑިވިޝަނުން މައްސަލައާއިމެދު ގޮތެއް ނިންމާނެއެވެ.
ޑިސްޕިއުޓުން މައްސަލަ ނިންމާ އެސްޓީއޯ 13 ނަންބަރު ފުޑްކޯޓުގެ މައްސަލައިގައި ކުރި ހުކުމްގައި ބުނެފައިވަނީ، އެސްޓީއޯއާއި ސްޓާރާޑާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯއަށް ލިބިގެންވާ އެހެން އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
ނިއުޕޯޓު މައްސަލައިގައި އެކުންފުނީގެ އެމްޑީ ޒާހިދު ބުނީ އެއީ އޭނާގެ ސިޔާސީ ވިސްނުމާ ދެކޮޅަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ނިއުޕޯޓަށް ޓާގެޓް ކޮށްގެން އުޅެނީ. މިއީ އާއިލީ ކުންފުންޏެއް. މިތަނުގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދޭ. ނިއުޕޯޓް ވިއު ހުންނަ ސަރަހައްދުގައި ޒަމާނީ ފުޓްސަލް ދަނޑެއް އަޅައި ބްރިޖްވިއު ޕްލެޓްފޯމް ކުރިމަތީގައި އާންމުން ހިތްފަސޭހަކޮށްލުމަށާއި ކުޑަކުދިންނަށް ކުޅެން ތިބެވޭނެ ގޮތަށް ތަނެއް އަމިއްލަ ހަރަދުގައި ތައްޔާރުކޮށްފައިވޭ" ޒާހިދު ބުނެއެވެ.
ނިއުޕޯޓާ އެއްކޮޅަށް ސިވިލް ކޯޓުން ތިން މައްސަލައެއް ނިންމި ކަމަށް ޒާހިދު ބުނި ނަމަވެސް، ސިވިލް ކޯޓުގެ ވެބްސައިޓުގައި މި މައްސަލައިގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.
ޒާހިދު ބުނީ ޓުއަރިޒަމް ސިނާއަތަށް ނަގާ ހިންގަމުންދާ ތަންތަން ފިޔަވައި ދެން އެންމެ ބޮޑު ކުއްޔެއް ދައްކަމުންދަނީ ވެސް ނިއުޕޯޓުން ކަމަށެވެ. އަދި އެތަންތަން ހަދަން ދިޔަ ހަރަދު ކަވަރު ނުވަނީސް ސަރުކާރުން އެތަންތަނުގެ އެގްރީމެންޓް އުވާލަން ނިންމާފައިވަނީ ކުރި އިންވެސްޓްމަންޓަށް ބެލުމެއް ނެތި އަދި ސީއެސްއާރުގެ ދަށުން ކޮށްފައިވާ ކަންކަމަށް ވެސް ބެލުމެއް ނެތިކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ނަން ހިމަނައިގެން ނިއުޕޯޓާ ދެކޮޅަށް ކެމްޕޭން ކުރާތީ އެކަމާ ހިތާމަކުރާކަމަށް ވެސް ޒާހިދު ބުނެއެވެ. އަދި އަސްލަމާއި އޮންނަނީ ހަމައެކަނި އާއިލީ ގުޅުމެއް ކަމަށާއި، މިއީ އަސްލަމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް ވެސް ޒާހިދު ބުންޏެވެ.
"ދައުރު ވަމުންދާ ޓްވީޓްތަކުން ބުނެވޭނީ މިއީ އައްޑޫ ރައްޔިތުންނާއި އައްޑޫ މީހުންގެ ވިޔަފާރިއާއި ދެކޮޅަށް ކުރަމުންދާ ކެމްޕޭނެއް ކަމަށް. އަައްޑޫ ރައްޔިތުންނަށް މާލޭގައި ހަމަޖެހިގެން ވިޔަފާރި ހިންގެން ޖެހޭނެ." ޒާހިދު ބުނެފައިވެއެވެ.
އޭނާ ބުނީ މި މައްސަލައިގައި ދޫ ނުދީ ވަކާލާތު ކުރާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ނިއުޕޯޓްގެ ދިފާއުގައި ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ އެތަނުގެ މުވައްޒަފުންނާއި އާއިލާ އަދި އައްޑޫ ސިޓީގެ ދިފާއުގައި ކުރާ ކަމެއް ކަމަށެވެ.
ރައީސްއޮފީސް ސެކްރެޓަރީ ކޮމިއުނިކޭޝަން ހަސަން އިސްމާލް (ބޯގަންވިލާ ހަސަންބަނޑޭ) ޒާޓު ބައްޕަ ފަރާތު ބޮޑުބޭބޭ ޑީބީ އާ ދިމާލަށް ބުނީ ޒާހިދު ރަމީޒު ހިންގާ ހުރިހާ ވިޔަފާރި ފުނޑާލާނަމޭ ހުރިހާ ތަނަކުން ނެރަފައޭ ހުއްޓާލާނީ މިކަހަލަ ބޮލު ރޮދިން ރައީސް އޮފީހުން ވަޒީފާ ދިނީމަ އަތައް ގޮވާނީ އިލްމެއް ނެތް ތަނުގާ ހިލްމެއްވެސް ނެތީ އަހުލާގެއްވެސް ނެތީ ފެންވެސް ނުވަރާނެ ހަޑިމުޑުދާރު މީސްގަނޑެއް މީދެން ކާކުތަ ރައީސް އޮފީހުން ވަޒީފާދޭން މިރާއްޖޭގަ ނެތީތަ ތައުލީމީ މީހުން