އިސްލާމީ މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި އަންހެނުންނަށް ފަސޭހަ ކަމާއިއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓާ އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓާ ވިދާޅުވީ ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އަންހެނުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅެއްކަމަށެވެ.

އެގޮތުން ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތައް ބާރުވެރި ކުރުވުމާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ މިސްކިތްތަކުގައި މަސައްކަތްތައް ކުރާ މުވައްޒަފުން އަނެއްކާވެސް ރަށުކައުންސިލްތަކަށް ބަދަލުކޮށްފައެވެ.

މި ދިޔަމަހު އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތައް ފޮޅާ ސާފުކުރުމާއި، މަރާމާތުކުރުމުގެ އިތުރުން މިސްކިތުގެ މުވައްޒަފުން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.