ދިރާގު ޓީވީން އާ އެޑް-އޮންސް ތަކަކާއެކު އާ ޕެކޭޖެއް ތައާރަފު ކޮށްފިއެވެ.

300 ރުފިޔާ އަށް ލިބޭ، ދިރާގު ޓިވީގެ ބޭސިކް ޕެކޭޖެއްގައި 60 ޗެނަލް ހިމެނޭ އިރު، އޭގައި 20 އެޗްޑީ. ޗެނަލާއި، އެއް 4ކޭ. ޗެނަލް ލިބެން ހުރެއެވެ.

ދިރާގުން މިއަދު ތައާރަފު ކުރި ދެ އެޑް-އޮންސް އަކީ "އެކްސައިޓްމެންޓް" އާއި "ފަން" އެވެ. 120 ރުފިޔާއަށް ލިބޭ "އެކްސައިޓްމެންޓް" އެޑް-އޮން ގެ ތެރޭގައި، 22 ޗެނަލެއް ހިމެނެއެވެ. އަދި 99 ރުފިޔާއަށް ލިބޭ "ފަން" އެޑް-އޮން ގެ ދަށުން ލިބެނީ 10 ޗެނަލެވެ.

ދިރާގު ފިކްސް ބްރޯޑްބޭންޑް ލިބޭ ކޮންމެ މީހަކަށް ވެސް ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސޭނެއެވެ. މި ހިދުމަތް 'ޖޯއީބޮކްސް' އާ އެކު ބޭނުން ކުރުމުން، އިތުރަށް އިންޓަނެޓް ޗާޖް ބޮޑުވެގެނެއް ނުދާނެއެވެ. އަދި މިހިދުމަތައް އެއްފަހަރު ސަބްސްކްރައިބް ކުރުމުން ލެޕްޓޮޕާއި، ޓެބްލެޓް އަދި ފޯނުން ވެސް، ރާއްޖޭ ގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ޓީވީ ފެންނާނެއެވެ.

ދިރާގުން ވަނީ ދެ އަހަރު ތެރޭ ދިރާގުޓީވީ ގެ 90 ޗެނަލާއެކު، 50 ރަށެއްގައި މިހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.