ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެއް ކަމަށްވާ މެދު އިރުމައްޗަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމަށް އަރަބި ބަހުން ނެރޭ މަޖައްލާއެއް އިފްތިތާހުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަރަބި ބަހުން ނެރޭ މަޖައްލާ އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މިނިސްޓަރު ވިދާޅުވީ އެ މަޖައްލާގައި ހުރިހާ ލިޔުމެއް ގެނެސްދީފައި ވަނީ އަރަބި ބަހުން ކަމަށާ މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އަރަބި ބަހުން މަޖައްލާ އެއް ނެރޭ ފުރަތަމަ ފަހަރު ކަމަށެވެ.
މަޖައްލާ ނެރުނު ކޮމްފޯޓް އެންޑް ޓްރެވަލް ޓުއާސް އިން ބުނީ އިސްލާމިކް ޓޫރިޒަމްގެ ސެކްޓާ އަކީ މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުންދާ ދާއިރާއެއް ކަމަށާއި އޭގެ މާކެޓް ގްރޯތަކީ ގާތްގަނޑަކަށް 300 ވަރަކަށް ބިލިއަން ޑޮލަރު ކަމަށެވެ. އެންމެ ގިނަ އިން ހަރަދު ކުރާ މީހުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު މާކެޓްތަކަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެކަމަށް ސަޕޯޓު ދިނުމަށް ނެރޭ މި މަޖައްލާގެ ސަބަބުން މެދުއިރުމަތީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ވެގެންދާނެ ކަމަށް ވެސް ކޮމްފޯޓް އެންޑް ޓްރެވަލް ޓުއާސް އިން ބުނެއެވެ.
މި މެގަޒިން ރަސްމީކޮށް ލޯންޗުކުރަން ހަމަޖެހިފައިވަނީ ދުބާއީގައި ބާއްވާ އޭޓީއެމް ފެއާގައެވެ.