ވަޔަލަސް ޓެކްނޮލޮޖީ ނުވަތަ ކަރަންޓް ވާގަނޑަކާ ނުލާ ބޭނުންކުރެވޭ ގެޖެޓްތަކުގެ ގޮތުގައި ތައާރަފުކުރަމުން އަންނަ އުފެއްދުންތަކުގެ ގިންތިއަށް އެޕަލްއިން ތައާރަފުކުރަން ހަމަޖެއްސި "އެއާޕަވާ" ޕްރޮޑަކްޓް ދޫކޮށްލުމަށް އެޕަލްއިން ނިންމައިފިއެވެ.

2017 ވަނަ އަހަރު އެޕްލައިން އިއުލާން ކުރި "އެއާޕަވާ" އަކީ، ކަރަންޓަށް ޖަހަން ނުޖެހި އެއްފަހަރާ ގިނަ ޑިވައިސްތަކެއްގެ ބެޓެރީ ރީޗާޖުކޮށްދޭ "ކުނަލެކެވެ".

"އެއާޕަވާ" ދޫކޮށްލުމަށް އެޕަލްއިން ނިންމީ، ޒަމާނާ އެކަށީގެންވާ މިންވަރަށް އެ ޕްރޮޑަކްޓް މަސައްކަތްކުރާ ގޮތް ނުހެދިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެޕަލް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ވާގަނޑަކާ ޓޮޕެއްވެސް ބޭނުންނުކޮށް، މި މެޓްގެ އެހީގައި ޑިވައިސްތައް ޗާޖު ކުރެވުނު ކަމުގައި ވީނަމަވެސް، އާދަޔާ ހިލާފަށް މެޓް ހޫނުވަމުން ދިޔަ މައްސަލައަށް ހައްލެއް ހޯދުމަށް އެޕަލް އިންޖިނީއަރުން ފެއިލްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓެކްނޮލިޖީގެ ދުނިޔޭގައި އެޕަލްގެ އެންމެ ބޮޑެތި ވާދަވެރިން ކަމަށްވާ ވާވޭއާއި ސަމްސަންގްއިން މިހާރު ވަނީ، ވަޔަލަސް ޗާޖިންގް ޓެކްނޮލީޖީގެ ތެރެއިން އެ ކުންފުނިތަކަށް ހާއްސަ ޑިވައިސްތަކެއް ތައާރަފުކޮށްފައެވެ.