އެމެރިކާގައި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ގުޅާލަދޭ ނެޓްވާކް ކުންފުނި އޫބާއިން، މެދުއިރުމަތީގެ އެންމެ ބޮޑު ވާދަވެރިޔާ 'ކަރީމް' ގަތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިފިއެވެ.

3.1 ބިލިއަން ޑޮލަރަށް ކަރީމް ގަތުމަށް ހަމަޖެހި، ނިމިފައިވާކަން އުބާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިއީ އުބާ ނެޓްވާކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މެދުއިރުމަތީގެ މާކެޓްގައި 600 މިލިއަނެއްހާ ކަސްޓަމަރުން ތިބިއިރު، މީގެ ތެރޭގައި ގިނައީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ.

އުބާއިން މިފަދަ ޑީލެއް ނިންމާމިލަނީ، އެކުންފުނީގެ ހިއްސާތަކުގެ ވިޔަފާރީގެ މުއާމަލާތް ވަށަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. ވިލާތުގައި އޮޕަރޭޓް ކުރަމުން އަންނަ އޫބާގެ ވާދަވެރި ކުންފުނި 'ލިފްޓް'އިންވެސް މި ހަފުތާ ތެރޭގައި ހިއްސާގެ މުއާމަލާތްތައް ކުރަން ފަށާނެއެވެ.

އޫބާއިން ކަރީމް ގަތެއްކަމަކު، މެދުއިރުމަތީގައި އެކުންފުނިން އަދިވެސް ހަރަކާތްތެރިވާނީ މިނިވަން ކުންފުންޏެއްގެ ގޮތުގައި ބާނީ އަދި މިހާރުގެވެސް ސީއީއޯ މުދައްސިރު ޝައިހާގެ ދަށުން ކަމަށްވެއެވެ.

އާބާއިން ބުނީ އާ ބަދަލާއެކު، ހިދުމަތް ހޯދަން ކަސްޓަމަރުން މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.

އުބާއިން ކަރީމް ގަތުމަށް ކުރާ ހުރިހާ މަސައްކަތެއް މުޅިން ނިމި، އޫބާގެ ދަށަށް ކަރީމް މުޅިން ބަދަލުވާޏީ 2020 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައެވެ.