ދިރާގުން ފިކްސް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތައް 50 އިންސައްތަ އަގު ހެޔޮކޮށްފިއެވެ.
ދިރާގުން ތައާރަފްކުރި މި ބޫސްޓާތަކަކީ ޕެކޭޖުގެ ފެއާ ޔޫސޭޖް އެލަވަންސް ހަމަވެ، ކަނެކްޝަން ލިމިޓް ވުމުން، ޕެޖޭޖްގެ ފުލް ސްޕީޑް އަލުން އެކްޓިވޭޓް ކޮށްދޭ ފީޗާ އެކެވެ. އާންމު ކަސްޓަމަރުންނާއި ބިޒްނަސް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.
ބޫސްޓާ ތަކުގެ އަގު
- 3 ޖީބީ - 15 ރުފިޔާ
- 8 ޖީބީ - 37.5 ރުފިޔާ
- 15 ޖީބީ - 65 ރުފިޔާ
- 30 ޖީބީ - 125 ރުފިޔާ
- 75 ޖީބީ - 300 ރުފިޔާ
- 100 ޖީބީ - 395 ރުފިޔާ
ބިޒްނަސް ޕެކޭޖުގެ އަގުތަކުގެ ތަފްސީލު:
- 15 ޖީބީ ބޫސްޓް - 125 ރުފިޔާ
- 30 ޖީބީ ބޫސްޓް - 200 ރުފިޔާ
- 60 ޖީބީ ބޫސްޓް - 375 ރުފިޔާ
- 115 ޖީބީ ބޫސްޓް - 500 ރުފިޔާ
- 230 ޖީބީ ބޫސްޓް - 750 ރުފިޔާ
މި ބޫސްޓާތައް އެކްޓިވޭޓް ކުރެވޭނީ ދިރާގު މޯބައިލް އެޕްލިކޭޝަނުންނާއި ވެބް ޕޯޓަލް މެދުވެރިކޮށެވެ.