މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ސިފައިގެން 2 އޮފިސަރަކަށް ގޭގައި މަޑު ކުރަން އަންގައިފިއެވެ.

މި މައްސަލައިގައި ގޭގައި މަޑު ކުރަން އަންގާފާވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެސްއޯއެފް ކުންފުނިން، ފައިސާ ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުން ހާމަވާ، މޭޖާ އިބްރާހިމް ނަވީން ޒުބައިރު ގެ އިތުރުން، ސާޖެންޓް އިސްމާއިލް ޝަކީބަށް ކަމަށް އެމް އެންޑީއެފްގެ އިންފޯމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް 'ދަޕްރެސް' އަށް މައުލޫމާތު ދެއްވައެވެ.

މި މައްސަލައިގައި އޭސީސީން ނެރެފައިވާ ރިޕޯޓުގައި، މޭޖާ އިބްރާހިމް ނަވީން ޒުބައިރު ގެ އެ ކައުންޓަށް 100،000 ޑޮލަރު ޖަމާކޮށްފައި ވާކަން ހާމަވެއެވެ. އެހެން ނަމަވެސް ސާޖެންޓް އިސްމާއިލް ޝަކީބް ގެ އެކައުންޓުގެ ތަފްސީލުތައް ރިޕޯޓުން އެނގޭކަށް ނެތެވެ.

މީގެ ކުރިން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އަންގަވާފައެވެ.