އެމޭޒަން އާ ގުޅިގެން އުރީދޫން އިން ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފިއެވެ.

މި އޮފާއަކީ އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އަދި ޕޯސްޓްޕެއިޑް 1000 އިން މަތީގެ ޕްލޭނެއް ހިޔާރުކުރާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހަ މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބާޝިޕް ލިބިގެންދާ ހާއްސަ އޮފާއެކެވެ.

އުރީދޫގެ ހިދުމަތް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އައު ކަސްޓަމަރުންނަށް ވެސް ފައިދާތަކެއް އެކުލަވައިގެން ފަރުމާކޮށްފައިވާ މި އޮފާ މެދުވެރިކޮށް ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯ އަށް އަންލިމިޓެޑް އެކްސެސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ހިދުމަތެކެވެ.

މިދިޔަ ޑިސެމްބަރު މަހު އުރީދޫން ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާ އެކު ހޯދޭ ހިދުމަތެއް ތައާރަފްކޮށްފައެވެ. މި ހިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަބެލުމުގެ ގޮތުން މުޅިން ހިލޭ ހަތް ދުވަހު ބޭނުންކުރެއްވުމަށްފަހު ފުރަތަމަ ހަ މަހަށް، މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް ބޭނުންކުރެއްވޭނެއެވެ. މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިދުމަތް ބޭނުންކުރެއްވުމަށް ފަސް ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފާ އެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މިހިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކްރަޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގް، ދަ ގްރޭންޑް ޓުއާ ފަދަ ސީރީޒްތައް ހިމެނެއެވެ.