އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްްވާ ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު ބުރާސްފައްޗާ ހަމައަސް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ 15:00 އަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމުގައެވެ.

ޝަކުވާ ހުށަހެޅޭނީ އިލެކްޝަންސް ބާ ޖަމާލުދީނުގައި ހުންނަ އިންތިހާބީ މަރުކަޒަަށް ކަމަށެވެ.

އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އީސީން ވަނީ ބަލައިގެންފައެވެ. 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު 497 ވޯޓުފޮށި ބަހައްޓަށް ވަނީ އީސީން ނިންމާފައެވެ.